ރާއްޖެ އިން މި އަހަރު ހައްޖަށް ދިޔަ މީހުންގެ ތެރެއިިން ފުރަތަމަ ގްރޫޕް މިރޭ އެނބުރި އަތުވެއްޖެ އެވެ.
ޙައްޖާޖީންގެ ދެވަނަ ގްރޫޕު މާދަމާ އަންނަން ހަމަޖެހިފައިވާ އިރު، ތިން ވަނަ ގްރޫޕް މި މަހުގެ 7 ގައި ތިންވަނަ ގްރޫޕް މި މަހުގެ 8 ގައި އަދި ފަހު ގްރޫޕް އަންނާނީ މި މަހުގެ 9 ވަނަ ދުވަހު އެވެ.
1447 ވަނަ އަހަރު ދިވެހިރާއްޖެއިން ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ދިޔަ ޙައްޖުވެރިންގެ ފުރަތަމަ ގުރޫޕު ޙައްޖުގެ މަތިވެރި އަޅުކަމަށްފަހު އެނބުރި އައުން. pic.twitter.com/UVKhANnV0P
— Ministry of Islamic Affairs & Endowments (@MVIaffairs) June 5, 2026
މިއަހަރު ރާއްޖެއިން ޖުމްލަ 1،019 މީހަކު ހައްޖަށް ދިޔަ އެވެ. އެ އެންމެންގެ ވެސް ހާލު ރަނގަޅު ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފައިވެ އެވެ.
މިދިޔަ އަހަރެކޭ އެއްގޮތަށް މިއަހަރުވެސް ދިވެހި ޙައްޖުވެރިން މާލެއިން މައްކާއަށް ފުރާފައިވަނީ މައްކާ ރޫޓު އިނީޝިއޭޓިވްގެ ދަށުން ސަޢުދީ ޢަރަބިއްޔާގެ އިމިގްރޭޝަންގެ ހުރިހާ މަރުޙަލާއެއް ފުރިހަމަކުރުމަށްފައެވެ.
މައްކާ ރޫޓް އިނިޝިއޭޓިވްގައި ދިވެހިރާއްޖެ ހިމަނައިދިނުމަށް ސައުދީ އަރަބިއްޔާގެ ސަރުކާރުން ނިންމީ 1446 ވަނަ އަހަރުގެ ހައްޖު މޫސުމުގައެވެ. މި އިނިޝިއޭޓިވްގައި އާއްމުކޮށް ހިމަނަނީ ގިނަ އަަދަދެއްގެ މީހުން ހައްޖަށް ފޮނުވާ ގައުމުތަކެވެ.