Last Updated: April 29, 22:11
Monday, April 29, 2024
ޚަބަރު

ކަނބައިދި އެވޯޑްގެ ނޮމިނޭޝަން އާންމުކޮށްފި

އައްޑޫގެ އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީން ތައާރަފު ކުރި “އައްޑޫ ކަނބައިދި” އެވޯޑަށް ނޮމިނޭޓްވި ފަރާތްތަކުގެ ނަންތައް އާންމުކޮށްފިއެވެ.

ޖުމްލަ 10 ދާއިރާއަކުން މަސައްކަތްތެރި އަންހެން ކަނބަލުން ފާހަގަކޮށް އެވޯޑް ދޭން ނިންމާފައިވާއިރު، އެ ޙަފްލާ ބޭއްވުމަށް ހަމަޖެހިފައިވަނީ އޭޕްރީލް މަހުގެ 9 ވަނަ ދުވަހުއެވެ.

"އައްޑޫ ކަނބައިދި" އެވޯޑް ދޭން ހަމަޖެހިފައިވާ ދާއިރާ ތަކަކީ، އިޖުތިމާއީ ދާއިރާ، ކުޅިވަރުގެ ދާއިރާ، އުނގަންނައި ދިނުން، ދަނޑުވެރިކަން، ލިޔުންތެރިކަން، މަސްވެރިކަން، އަތްތެރި މަސައްކަތުގެ ދާއިރާ، ވިޔަފާރީގެ ދާއިރާ، ދަރުމަވެރިން އަދި ސިއްހީ ދާއިރާ އެވެ.

ދާއިރާތަކުން އެވޯޑަށް ކުރިމަތިލީފަރާތްތަކުގެ ތެރެއިން ނޮމިނޭޓްވެފައިވާ އަންހެން ކަނބަލުން:

އިޖުތިމާއީ ދާއިރާއިން

1-ސ.މީދޫ ނާސާ ޚަދީޖާ އިބްރާހިމް
2-ސ.މަރަދޫ ސަބާހީމަންޒިލް މަރިޔަމް ރަޝީދާ
3-ސ.ހިތަދޫ ޗަމްޕާޕޫލުމާގޭ އައިޝަތު ފާއިޒާ
4-ސ.މަރަދޫ ނަރުގިސްގޭ އަމީޒާ ޚަލީލު
5-ސ.ހިތަދޫ ރަށްދެބައިގޭ މަރިޔަމް އަޙްމަދު ދީދީ

ކުޅިވަރުގެ ދާއިރާއިން

1-ސ.މީދޫ ހަނދުވަރުމަތީގޭ ރަޝީދާ އިބްރާހިމް
2-ސ.ހިތަދޫ ދިވަރަ އާމިނަތު ގުލްފިޝާމް

ވިޔަފާރީގެ ދާއިރާއިން

1- ގ.މަނާލް (ސ.ހިތަދޫ) މަރިޔަމް ޝަކީލާ
2- ސ.ފޭދޫ ޖޭމުގަސްދޮށުގޭ ހައްވާ ޝަހީނާ
3- ސ.މީދޫ ފަރުދާގޭ އައިޝަތުދީދީ

އަތްތެރިމަސައްކަތުގެ ދާއިރާއިން

1-ސ.ހިތަދޫ މާތިލަ މަރިޔަމް މުޙައްމަދު
2-ސ.ހިތަދޫ ޒެފިރު މަރިޔަމް ޝާދިޔާ

ލިޔުންތެރިކަމުގެ ދާއިރާއިން

1-ސ.ހިތަދޫ އާސްޓްރަލްގެ ޝިމްލާ އަޙްމަދު

މަސްވެރިކަމުގެ ދާއިރާއިން

1-ސ.މަރަދޫ ދޫރިޔާން މަރީނާ އިސްމާއީލް

އުނގަންނައިދިނުމުގެ ދާއިރާއިން

1-ސ.ހިތަދޫ ސައުޖާ އައިޝަތު މުޙައްމަދު
2-ސ.މީދޫ ޒިޔާރަތްދޮށުގޭ ފާތިމަތު ފަރުހާދު
3-ސ.މަރަދޫ ވެލްކަމްވިލާ އައިޝަތު މޫސާ
4-ސ.ހިތަދޫ ރަށްދެބައިގޭ ފާތިމަތު ނަސީރު

މަސައްކަތްތެރިކަމުގެ ދާއިރާއިން

1-ސ.މަރަދޫ ލޮނުފެން އުމްނިއްޔާ ނާސިރު
2-ސ.މަރަދޫ ސިލްވަރުވިލާ ޖުވައިރިއްޔާ ވަޖުދީ

ސިއްޙީ ދާއިރާއިން

1-ސ.ހިތަދޫ ގޮމަކަސްތޫރިގޭ އައިޝަތު ރަޝީދާ
2-ސ.މަރަދޫ ފެންފޯއްމާގޭ އަައިޝަތު ރަޝީދާ
3-ސ.ފޭދޫ ލިލީއާގޭ ޚަދީޖާ ހަފްސާ

ދަނޑުވެރިކަމުގެ ދާއިރާއިން

1-ސ.ހިތަދޫ ލައިޓްޝެޑޯ ހައްވާދިޔެ

'އައްޑޫލައިވް' އަށް މައުލޫމާތު ދެމުން އަންހެނުންގެ ކޮމިޓީގެ އޮފިޝަލަކު ވިދާޅުވީ، ކޮންމެ ދާއިރާއަކުން 3 ކަނބަލުން ހޮވުމަށް ހަމަޖެހިފައިވީ ނަމަވެސް އެވޯޑަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ކަނޑައެޅޭ މިންވަރަށް ޝަރުތު ހަމަނުވާނަމަ އެފަރާތްތަކަށް އެވޯޑުގައި ބައިވެރި ނުވެވޭ ގޮތަށް އަންހެނުންގެ ކޮމިޓީ އިން ވަނީ ކަނޑައަޅާފައެވެ.

" އެވޯޑަށް އެކިދާއިރާތަކުން ނޮމިނޭޓްވެފައިވާ ފަރާތްތަކާއި އެޕްރީލް މަހުގެ ފުރަތަމަ ހަފްތާގައި އިންޓަވިއުކޮށް ނިންމާލަން ވަނީ ހަމަޖެހިފައި. " އޮފިޝަލް ވިދާޅުވިއެވެ.

އެވޯޑަށް ނޮމިނޭޓްވީ ފަރާތްތަކުގެ ތެރެއިން އެވޯޑް ލިބޭނީ، ހުށަހެޅި ޑޮކިއުމެންޓްސް ތަކާ، އިންޓަވިއު މާކުސް އަދި ޕަބްލިކް އޮޕީނިއަން ގައި ލިބޭ މާކުސް އާއެކު ކަނޑައެޅޭ ވަކި މިންވަރަކަށް މާކުސް ލިބިގެން ކަމަށް އަންހެނުންގެ ކޮމިޓީ އިން ހާމަކުރެއެވެ.