Last Updated: July 23, 18:20
Thursday, July 23, 2026
ޚަބަރު

ފުލުހަކާ މާރާމާރީ ހިންގި އަންހެނަކު ބަންދަށް

ފުލުހެއްގެ ގައިގައި ޖަހައި މާރާމާރީ ހިންގިކަމުގެ އަންހެނަކު ހައްޔަރުކޮށްފި އެވެ.

މި މައްސަލައިގެ ހައްޔަރުކޮށްފައި ވަނީ ލ. މާބައިދޫ، ފެނޭބާ، އާއިޝަތު ޝާމުނާ، 34، އެވެ.

އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން ބުރާސްފަތި ދުވަހު ވަނީ 10 ދުވަސް ދީފަ އެވެ. ޝާމުނާ އެހެން މީހަކާ މާރާމާރީ ހިންގާކަމުގެ މައުލޫމާތު ލިބިގެން އެތަނަށް ދިޔަ ފުލުހެއްގެ ގައިގައި އޭނަ ޖަހައި، ފުލުހަކާމެދު މާރާމާރީ ހިންގާފައިވާ ކަމަށް އައިއޯގައި ފާހަގަކޮށްފައިވެ އެވެ.