Last Updated: June 6, 22:41
Saturday, June 6, 2026
މުނިފޫހިފިލުވުން

'ގަވަރްނާ' މި މަހުގެ 12 ގައި

އިންޑިއާގެ ކުޅަދާނަ އެކްޓަރު މަނޯޖް ބަޖްޕާއި ގަވަނަރެއްގެ ރޯލު ކުޅެފައިވާ ފައިނޭންޝަލް ތުރިލާ 'ގަވަރްނާ' މި މަހުގެ 12 ގައި ސިނަމާތަކޮށް ދޫކޮށްލަން ތައްޔާރުވެއްޖެ އެވެ.

ގިނަ ބަޔަކު ވަރަށް ބޮޑަށް އިންތިޒާރު ކުރަމުން އަންނަ މި ފިލްމަކީ ވިޕުލް ޝާހް ޕްރޮޑިއުސްކޮށް ޗިންމޭ ޑީ މަންޑްލޭކަރް ޑައިރެކްޓްކޮށްފައިވާ ފިލްމެމެވެ. ޗިންމޭ އަކީ ނެޓްފްލިކްސް އަށް މިދިޔަ އަހަރު ގެނެސްދިން ކޮމެޑީ ތުރިލާ 'އިންސްޕެކްޓާ ޒެންޑޭ' ގެ ޑައިރެކްޓަރެވެ. އޭގެ ރޯލެއް ވެސް މަނޯޖް ކުޅެފައިވެ އެވެ.

ހަތަރު ނެޝަނަލް އެވޯޑް ވެސް ހާސިލުކޮށްފައިިވާ އެކްޓަރުގެ މޮޅު، ވަރުގަދަ ރޯލެއް ފެންނާނެ 'ގަވަރްނާ' ގެ ކާސްޓްގައި އަދާ ޝަރުމާ އާއި މަދޫ ޝަރުމާ އާއި ނައުޝާދު މުހައްމަދު ކުންޖޫގެ އިތުރުން ޕަރިތޯޝް ސަންދު ހިމެނެ އެވެ.

މިހާތަނަށް މަގުބޫލު އެތައް ފިލްމެއް ކުޅެފައިވާ މަނޯޖްގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި ޑައިރެކްޓަރު ރާމް ގޯޕާލް ވަރުމާގެ ބިރުވެރި ފިލްމު 'ޕޮލިސް ސްޓޭޝަން މޭ ބޫތު' ހިމެނެ އެވެ.