Last Updated: June 6, 22:41
Saturday, June 6, 2026
ދުނިޔެ

އިންޑިއާގެ ކުރަފި ޕާޓީން މުޒާހަރާ ކުރަނީ

އިންޑިއާގެ ގިނަ އަދަދެއްގެ ޒުވާނުން މިހާރު ނިސްބަތްވާ ކޮކްރެޗް ޖަންތާ ޕާޓީ ސީޖޭޕީީ) ނުވަތަ ކުރަފި ޕާޓިން ވެރިރަށް ނިއު ދިއްލީގައި ވަރުގަދަ މުޒާހަރާތަކެއް ފަށައިފި އެވެ.

މި މުޒާހަރާތަކުގައި ޔުނިއަން އެޑިއުކޭޝަން މިނިސްޓަރު ދަރުމެންދުރަ ޕްރަދާންގެ އިސްތިއުފާ އަށް ގޮވައިލުމުގެ އިތުރަށް ސަރުކާރުންވެފައިވާ ވައުދުތައް ފުއްދަން އަންނަނީ ގޮވައިލަމުންނެވެ. މުޒާހަރާގެ ބައިވެރިންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ރިޝްވަނަތު ނަގައިގެން އިންޑިއާގެ ތައުލީމީ އިންސްޓިޓިއުޝަންތަކުގެ އިމްތިހާނުތައް ކަރުދާސްތައް ތަންތަނުގެ ވެރިން ލީކްކުރާ މައްސަލަތައް ފެންމަތިވަމުން ދިއުމެވެ.

އެހެންވެ މިއީ ދަރިވަރުންގެ ތައުލީމީ ކުރިއެރުމަށް އޮތް ވަރަށް ބޮޑު ނުރައްކަލެއް ކަމަށް ކުރަފި ޕާޓީގެ މުޒާހަރާގައި އަންނަނީ ބުނަމުންނެވެ.

ދާދި ފަހުން ގިނަ ބައެއްގެ ސަމާލުކަން ހުއްޓުނު ކުރަފި ޕާޓީގެ ބާނީ އަކީ އަބިޖީތު ދިޕްކޭ، 30، އެވެ. މަހާރަޝްތުރާ އަށް ނިސްބަތްވާ މި ޒުވާނާ އަކީ ނޫސްވެެރިކަމުގެ ދާއިރާގެ އަންޑްގްރެޖްއޭޓެކެވެ. އަދި އަބިޖީތަކީ އެމެރިކާގެ ބޮސްޓަން ޔުނިވަސިޓީން ޕަބްލިކް ރިލޭޝަންސް އިން މާސްޓާސް ޑިގްރީ ހާސިލުކޮށްފައިވާ ޒުވާނެކެވެ.

އިންޑިއާގެ ޒުވާނުންގެ ކުރިމަގަށްޓަކައި އެ މީހުންގެ ހައްގުތަކާއި ގައުމުގައު ހުރި ބޮޑެތި މައްސަލަތަކާ ދެކޮޅަށް ކުރަފި ޕާޓީ ހަދައިގެން އޭނަ ގައުމީ ފެންވަރުގައި ސިޔާސީ މަސައްކަތްތައް ފެށި އިރު، އަބިޖީތަކީ ކުރިން އާމް އާދުމީ ޕާޓީ އާޕް) ގެ ސޯޝަލް މީޑިއާ މެނޭޖް ކުރުމާއި އިންތިހާބީ ކެމްޕޭންތަކުގައި ވަރަށް އިސްކޮށް މަސައްކަތްކުރި އެކްޓިވިސްޓެކެވެ.

އޭނަ ކުރަފި ޕާޓީ ހެދީ ދާދި ފަހުން އިންޑިއާގެ އުއްތަމަފަނޑިޔާރު ސޫރިއަ ކަންތު ގައުމުގެ ޒުވާން ކުރަފި އަދި ފަނިތަކެއްގެ ގޮތުގައި ސިފަކުރެއްވުމާ ގުޅިގެންނެވެ.

ކުރަފި ޕާޓީން މިއަދު ދިއްލީގައި މުޒާހަރާ ކުރަން ފެށީ، އެކަން ކުރިއާލައި އިއުލާން ވެސް ކުރަމަށް ފަހު އެވެ. މި މުޒާހަރާތައް ކުރިއަށްދާ އިރު، ދިއްލީގެ ފުހުލުން އަންނަނީ މަގުތަކުގެ ސަލާމަތީ ކަންކަން ހާއްސަ ސަމާލުކަމެއް ދީގެން ބަލަހައްޓަމުންނެވެ.