Last Updated: June 7, 22:00
Monday, June 8, 2026
ޚަބަރު

ހިތަދޫ އުތުރު ބައި-އިލެކްޝަން: ވޯޓްލާ ފިރިހެނުން ގިނަ

ރައްޔިތުންގެ މަޖިލީހުން ހުސްވެފައިވާ އައްޑޫ ހިތަދޫ އުތުރު ދާއިރާ އަށް މެންބަރަކު ހޮވަން ޖޫން 6 ގައި ބާއްވާ ބައި-އިލެކްޝަންގެ ވޯޓްލުމުގެ ތެރެއިން. މި އިންތިހާބުގައި ވާދަކުރައްވަނީ ޕީއެންސީގެ ފަރާތުން ވާދަކުރައްވާ އަހުމަދު ސައީދު (ސޮޑާ) އާއި އެމްޑީީޕީގެ ފަރާތުން ވާދަކުރައްވާ އަބްދުﷲ ސޯދިގް (ސޯބެ). ފޮޓޯ/ އީސީ

ރައްޔިތުންގެ މަޖިލީހުން ހުސްވެފައިވާ އައްޑޫ ހިތަދޫ އުތުރު ދާއިރާ އަށް މެންބަރަކު ހޮވަން ބާއްވާ ބައި-އިލެކްޝަންފެ ވޯޓްލުން މިހާރު ކުރިއަށްދާ ވޯޓްލާން ނުކުންނަ ފިރިހެނުންގެ އަދަދު އަންހެނުންނާ އަޅާބަލާ އިރު ގިކަން ފާހަގަވެއްޖެ އެވެ.

މި ބައި-އިލެކްޝަންގައި ވޯޓު ދިނުމުގެ ހައްގު 4،121 މީހަކަަށް ލިބިގެންވެ އެވެ. އެގޮތުން ހެނދުނު 11:00 އާ ހަމައަށް 795 މީހުން ވޯޓްލާފައިވާ އިރު، މީގެ ތެރެއިން 409 މީހުންނަކީ ފިރިހެނުންނެވެ. ވޯޓްލާފައިވާ އަންހެނުންގެ އަދަދަކީ 386 އެވެ.

ބައި-އިލެކްޝަންގައި ވޯޓްލުމުގެ ހައްގު ލިބިފައިވާ ފިރިހެނުންގެ އަދަދަކީ 2،048 އެވެ. އަންހެނުންގެ އަދަދަކީ 2،073 އެވެ.

ހެނދުނު 8:00 ގައި ވޯޓްލާން ފެށި އިރު ހަވީރު 4:00 އާ ހަމައަށް ވޯޓްލުން ކުރިއަށް ދާނެ އެވެ.

މި ވޯޓަށް ޖުމްލަ 7 ވޯޓްފޮށި ބަހައްޓާފައިވެ އެވެ. އެއީ ހިތަދޫގައި ބެހެއްޓި 5 ފޮއްޓާއި މާލޭގައި ބެހެއްޓި 2 ފޮއްޓެވެ. ހިތަދޫގެ ފޮށިތައް ހުރީ ހިތަދޫ ސްކޫލްގަ އެވެ. މާލޭގެ ފޮށިތައް ހުރީ ދަރުމަވަންތަ ސްކޫލްގަ އެވެ.

ބައި-އިލެކްޝަންގައި ވާދަކުރައްވަނީ ދެ ކެންޑިޑޭޓެކެވެ. އެއީ ޕީއެންސީގެ ފަރާތުން ވާދަކުރައްވާ އަހުމަދު ސައީދު (ސޮޑާ) އާއި އެމްޑީީޕީގެ ފަރާތުން ވާދަކުރައްވާ އަބްދުﷲ ސޯދިގް (ސޯބެ) އެވެ. ސޮޑާ އަކީ އައްޑޫ ސިޓީ ކައުންސިލްގެ ހަތަރު ވަނަ ދައުރުގައި ހިތަދޫ މޫލެކެޑެ ދާއިރާ ތަމްސީލު ކުރެއްވި ކައުންސިލަރެވެ. ސޯބެ އަކީ އައްޑޫގެ ކުރީގެ މޭޔަރެވެ.

ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވީ އެ ދާއިރާ ތަމްސީލު ކުރައްވަމުން ގެންދެވި ޕީއެންސީގެ މެންބަރު މުހައްމަދު ސިނާނަށް ސާބިތު ދަރަނީގެ މައްސަލައެއްގައި ގޮނޑި ގެއްލުމާ ގުޅިގެންނެވެ. އޭނަ އަށް ގޮނޑި ގެއްލިފައިވާ ކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅީ އެޕްރީލް 12 ގަ އެވެ.