އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޓޭލާ ސްވިފްޓްގެ ކައިވެނި ހަފުލާ އޮންނާނީ އަންނަ މަހުގެ 3 ގައި ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
މީޑިއާތަކުން ކުރިން ރިޕޯޓްކޮށްފައިވާ ގޮތުގައި ޓޭލާ އާއި ލޯބިވެރިޔާ ޓްރާވިސް ކެލްސީ މި މަހުގެ 13 ކައިވެނި ކުރާނެ އެވެ. ނަމަވެސް ރިޕޯޓްތައް މިހާރި ބުނާ ގޮތުން އެ މީހުންގެ ކައިވެނި ހަފުލާ އޮންނާނީ އަންނަ މަހުގެ 3 ގައި ނިއު ޔޯކްގެ މެޑިސަން ސްކެއާ ގާޑަންގަ އެވެ.
ކައިވެނި ހަފުލާގައި 1،000 އަށް ވުރެ ގިނަ މީހުން ބައިވެރިވާނެ ކަމަށް ވެސް ރިޕޯޓްތައް ބުނެ އެވެ. އޭގެ ތެރޭގައި މަޝްހޫރު ސެލެބްރިޓީން ކަމަށްވާ ލަވަކިޔުންތެރިޔާ ސެލީނާ ގޮމޭޒާއި މޮޑެލް ޖިޖީ ހަޑީޑް އަދި ކާރާ ޑެލެވިން ހިމެނެ އެވެ.
ޓޭލާ، 36، އާއި ޓްރާވިސް، 37، އެންގޭޖްވީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގަ އެވެ. އެކަން އެ މީހުން ރަސްމީކޮށް އިއުލާންކުރީ އެ މަހުގެ 26 ގަ އެވެ. ޓްރާވިސް އަކީ ކުޅިވަރުގެ ދާއިރާގެ މީހެކެވެ.
މިހާތަނަށް 14 ގްރެމީގެ އިތުރުން ވެސް މިއުޒިކީ ދާއިރާ އިން ދެވޭ ޝަރަފުވެރި އެތައް އެވޯޑެއް ހާސިލުކޮށްފައިވާ ޓޭލާގެ އެންމެ ފަހުގެ އަލްބަމަކީ މިދިޔަ އަހަރުގެ "ދަ ލައިފް އޮފް އަ ޝޯގާލް" އެވެ.