ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްކަމުން އިސްތިއުފާ ދެއްވި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް، ޕީއެންސީގެ ދިއްގަރު ދާއިރާގެ ރައީސްކަމުން ވަކިކޮށްފި އެވެ.
ނާޒިމު މަޖިލީހުގެ ނައިބު ރައީސްކަމުން އިސްތިއުފާ ދެއްވީ އޭނަގެ މައްޗަށް އިތުބާރު ނެތްކަމުގެ ވޯޓެއް ނަގަން އޭނަ ނިސްބަވްވާ ޕާޓީ، ޕީއެންސީން ހުށަހަޅައި މިދިޔަ ހަފުތާގެ އާދީއްތަ ދުވަހު މަޖިލީހުގައި އެ ވޯޓް ނަގަން އުޅެނިކޮށެވެ.
ނާޒިމު މަޖިލީހުންގެ މަސްލަހަތު ނަގައިލަން އުޅުއްވާ ކަމަށް ތުހުމަތުކޮށް، އޭނަ ވަކި ކުރަން ވޯޓެއް ނަގަން އުޅެނިކޮށް، އަމިއްލަ އަށް އިސްތިއުފާ ދެއްވާފައި ވަނިކޮށް ޕީއެންސީން މިހާރު ވަނީ އެ ޕާޓީގެ ދިއްގަރު ދާއިރާގެ ރައީސްކަމުގެ މަގާމުން ވެސް ވަކިކޮށްފަ އެވެ
ނާޒިމު މަޖިލީހުންގެ ނައިބު ރައީސްކަމުން އިސްތިއުފާ ދެއްވުމުން އެ މަގާމަށް އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް ވަނީ އިންތިހާބުކޮށްފަ އެވެ.