ރައްޔިތުންގެ މަޖިލީހުން ހުސްވެފައިވާ ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަނުގެ ނަތީޖާއިން ކުރީގެ ތިން ރައީސުންނަށް ލިބޭނީ ޝޮކެއް ކަމަށް ބާރަށު ދާއިރާގެ ޕީއެންސީ މެމްބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެ އެވެ.
މިއަދު ބޭއްވި ހިތަދޫ އުތުރު ބައި އިލެކްޝަން 62 ވޯޓުގެ ތަފާތަކުން ކާމިޔާބު ކުރެއްވީ އެމްޑީޕީގެ ކެންޑިޑޭޓް، އަބްދުﷲ ސޯދިގް (ސޯބެ) އެވެ. ސޯބެ މި އިންތިހާބު ކާމިޔާބު ކުރެއްވީ ޕީއެންސީގެ ފަރާތުން ވާދަކުރެއްވި އަހުމަދު ސައީދު (ސޮޑާ) އާއި ވާދަކޮށްގެންނެވެ. ވަގުތީ ނަތީޖާއަށް ބަލާއިރު ސޯބެއަށް ވަނީ 1،375 ވޯޓު ލިބިފަ އެވެ. ސޮޑާއަށް ލިބިފައިވަނީ 1،313 ވޯޓެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝުޖާއު ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު މި ނަތީޖާ ހޯއްދެވީ އެމްޑީޕީގެ ވެރިކަމުގައި ބައި-އިލެކްޝަންތަކުގައި މުޅި ދަޢުލަތް ލޫޓުވާލި ގޮތަކަށް ނޫން ކަމަށެވެ.
"ކޮމަންޑޫ އާއި ގުރައިދޫ ދާއިރާ އަށް މުޅި ދައުލަތް އޮއްސާލެއްވި ގޮތަކަށް ނޫން. މިނަ ތީޖާ ޕީއެންސީން ހޯއްދެވީ އާސަންދަ/އެންސްޕާގެ ވެރިން ލެޕްޓޮޕްތައް ހިއްޕަވައިގެން ހިތަދޫ އަށް އަރުވައިގެނެއް ނޫން. ވަޒީފާތަކާއި ޕްރޮމޯޝަންތައް އޮއްސައިގެނެއް ނޫން. ވީމާ ތިރީގައިވާ ނަތީޖާއިން ތިޔަ 3 ރައީސުންނަށް މޮޅުތަކެއް ނުލިބޭ. ތިބޭފުޅުންނަށް ވެސް ލިބޭނީ ނަތީޖާއިން ޝޮކެއް،" ޝުޖާއު ވިދާޅުވި އެވެ.
ތިރީގައި އެވަނީ 3 ރައީސުން އެކުވެގެން ބައި – އިލެކްޝަނުން ހޯދި ނަތީޖާއާއި ރައީސް ޑރ @MMuizzu އެކަނި ހޯއްދެވި ނަތީޖާ.ރަގަޅަށް ބައްލަވާ!ތަފާތު ކުރެވުނީ އެންމެ 62 ވޯޓް.
ރައީސް ޑރ @MMuizzu މިނަތީޖާ ހޯއްދެވީ MDP ވެރިކަމުގައި ބައި-އިލެކްޝަންތަކުގައި މުޅި ދަޢުލަތް ލޫޓުވާލި ގޮތަކަށް… pic.twitter.com/vNlVm1fIPD— Ibrahim Shujau (@IbrahimShujaau) June 6, 2026
މި ބައި އިލެކްޝަނުގެ ކެމްޕޭނުގެ ކަންކަމުގައި ކުރީގެ ތިން ރައީސުން ކަމަށްވާ، އަބްދުﷲ ޔާމީން އާއި މުހައްމަދު ނަޝީދު އަދި އިބްރާހިމް މުހައްމަދު ސޯލިހު އުޅުއްވިއިރު، ރައީސް މުއިއްޒު އިންނެވީ ޤައުމާއި ރައްޔިތުންގެ ހައްޤުގައި ތިން ރައީސުން ނެންގެވިހާ ލޯނު ދައްކަވައި ޤައުމުގެ ރޭޓިން ރަނގަޅު ކުރެއްވުމަށް ކުރައްވަން ޖެހިވަޑައިގަންނަވާ މަސައްކަތްޕުޅުތައް ކުރެއްވުމުގައި އަވަދިނެތި ޤައުމު ހިންގެވުމަށް ކަމަށްވެސް ޝުޖާއު ވިދާޅުވި އެވެ.