Last Updated: June 10, 06:03
Wednesday, June 10, 2026
ޚަބަރު

ގަން ފުލުހުން ކެފޭ/ރެސްޓޯރަންޓްތަކަށް

އައްޑޫގެ ތިން އަވަށެއްގެ ކެފޭ/ރެސްޓޯރަންޓްތަކަށް ހާއްސަކޮށްގެން ފުލުހުން ހޭލުންތެރިކަމުގެ މަސައްކްތަކެއް ކުރިއަށް ގެންގޮސްފި އެވެ.

މިކަން ކުރިއަށް ގެންދިޔައީ ގަން ޕޮލިސް ސްޓޭޝަނުން ބަލަހައްޓާ ފޭދު އާއި މަރަދޫފޭދޫގެ އިތުރުން މަރަދޫގަ އެވެ.

އެގޮތުން.ގަން ޕޮލިސް ރެސްޕޯންސް އެންޑް ޕެޓްރޯލް ޝިފްޓް އޭ އިން ކުރިއަށް ގެންދިޔަ ހަރަކާތުގެ ތެރޭގައި ތިން އަވަށުގެ ކެފޭ/ ރެސްޓޯރެންތަކަށް ފުލުހުން ޒިޔާރަތްކޮށްފައިވެ އެވެ.

މިއީ ވިޔަފާރި ހިންގާ ފަރާތްތަކާ ގާތް ގުޅުމެއް ބާއްވައި، ހޭލުންތެރި ކުރުވުމުގެ ގޮތުން ހިންގި ހަރަކާތެކެވެ.
އެގޮތުން ސީސީޓީވީ ކެމެރާ ކެފޭ/ރެސްޓޯރެންތަކު ގައި ހަރުކުރުމުގެ މުހިންމުކަމާއި، ފޭކް ސްލިޕް ފޮނުވާ ފަރާތްތަކާ މެދު ސަމާލުވުމަށާއި، ފޭކް ސްލިޕް ދެނެގަންނާނެ ގޮތުގެ މަޢުލޫމާތު ޙިއްސާކޮށްފައިވެ އެވެ. އަދި ޚާއްސަކޮށް ވައްކަން ކުރާ ފަރާތްތަކާ މެދު ސަމާލުވުމަށް ކުރެވިދާނެ ކަމާބެހޭ ގޮތުން މަޢުލޫމާތު ހިއްސާކޮށްފައިވެ އެވެ.

އެގޮތުން މިހާރު އާންމުވަމުން އަންނަށް ފްރޯޑް ކޯލްތަކާއި، ބޭންކް ސްލިޕް އާއި މެދު ޙާއްސަ ސަމާލުކަމެއްދީ އެކައުންޓަށް ފައިސާ ޖަމާވިކަން ޔަގީން ކުރުމަށް ފަހު ނޫނީ ޚިދުމަތް ނުދިނުމަށް ތަންތަނުގެ މެނޭޖްމަންޓަށް ފުލުހުން އިރުޝާދު ދީފައިވެ އެވެ.

މިފަދަ ޕްރޮގްރާމެއް މިދިޔަ ހަފުތާގައި ފޭދު އާއި މަރަދޫފޭދޫގެ އިތުރުން މަރަދޫގެ ފިހާރަތަކަށް ހާއްސަކޮށްގެން ވެސް ގަން ފުލުހުން ހިންގާފައިވ އެވެ.