ގދ. ގައްދޫގައި މަހަށް ގޮސް އެންދަމަން ފޭބި މީހަކު މަރުވެއްޖެ އެވެ.
މަރުވީ އެ ރަށު އޭޝިޔާ، އިސްހާގު ރަޝީދު، 44، އެވެ.
އޭނަ އެން ހިފަން ފޭބި ފަހުން ގެއްލިފައިވާކަމުގެ މައުލޫމާތު ފުލުހުންނަށް ރިޕޯޓްކުރީފަަތިހު 05:40 އެހައިކަންހާއިރު އެވެ.
ފުލުހުން ބުނީ އިސްހާގު ހޯދަން މަސައްކަތުގެ ތެރެއިން އޭނާގެ ހަށިގަނޑި ފެނުނީ މޫދު އަޑިން ކަމަށެވެ. އަދި އޭނާ ސިއްހީ މަރުކަޒަށް ގެންދިޔަ އިރު ވެސް މަރުވެފައިވާ ކަމަށް ބުނެފައިވެ އެވެ.
ގައްދޫ ކައުންސިލުން ބުނީ އިސްހާގު ގެއްލުނީ ގައްދޫ ކައިރީ އޮންނަ މާވެއްދޫ މައިފަރު ބޭރުގައި އެންދަމަން ފައިބައި އުޅެނިކޮށް ކަމަށެވެ.