Last Updated: June 10, 06:03
Wednesday, June 10, 2026
ޚަބަރު

ދިވެހި ހާޖީންނަށް ފްލޫ ކްލިނިކެއް ހުޅުވައިފި

ހައްޖުގެ އަޅުކަމަށް ފަހު އަންނަ މީހުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ފްލޫ ކްލިނިކެއް ގާއިމުކޮށްފި އެވެ.

އެ ކްލިނިކް ގާއިމުކުރީ މި ފަހަރު ހާޖީންނަށް ފްލޫ ކްލިނިކެއް ގާއިމު ނުކުރަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ އެޗްޕީއޭ) އން ކުރިން ނިންމުމަށް ފަހު އެެވެ.

އެތަނުން ރޭ ބުނީ ހައްޖުވެރިންނަށް ހާއްސަކޮށްގެން ފުލޫ ކްލިނިކެއް ހުޅުމާލޭ ހޮސްޕިޓަލްގައި މިހާރު ގާއިމުކޮށްފައިވާ ކަަމަށެވެ. ހުޅުމާލެ ހޮސްޕިޓަލް މައި ކައުންޓަރާ ދިމާލުގައި ހުންނަ މި ކްލިނިކުން ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ވެސް މެންދުރު 2:00 އިން ރޭގަނޑު 10:00 އަށް ހިދުމަތް ލިބޭނެ ވެ.

އެޗްޕީއޭ އިން ބުނީ ހާޖީް ފުލޫ ކްލިނިކުން ހިދުމަތް ހޯދަން ދާންވާނީ މާސްކު އަޅައިގެން ކަމަށެވެ.

ހައްޖުން އެނބުރި އަންނަތާ 14 ދުވަސް ތެރޭގައި ހުން އައުން، ކެއްސުން، ނޭވާލާން އުނދަގޫވުން ނުވަތަ މޭގައި ރިއްސުން ފަދަ އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ޑޮކްޓަރަށް ދެއްކުމަށް އެޗްޕީއޭ އިން އިލްތިމާސްކޮށްފައިވެ އެވެ. އަދި، ރޯގާ ޖެހި ކެއްސާ ނަމަ މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުމަށާއި، ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުންނާ ބައްދަލުކޮށް ގައިގޯޅިވެ ނޫޅުމަށް ވެސް އެދިފައިވެ އެވެ.

ދިވެހި ހައްޖާޖީން ގެ ފުރަތަމަ ގްރޫޕް އެނބުރި އައީ ހުކުރު ދުވަހު އެވެ. ދެވަނަ ގްރޫޕް މިއަދު އަންނަން ހަމަޖެހިފައިވާ ތިން ވަނަ ގްރޫޕް މާދަމާ އަދި ހަތަރު ވަނަ ގްރޫޕް އަންގާރަ ދުވަހު ރާއްޖެ އަންނާނެ އެވެ.