Last Updated: June 7, 22:00
Sunday, June 7, 2026
ޚަބަރު

ޕީއެންސީގެ ހާއްސަ ޖަގަހަ ޖަލްސާއެެއް މިރޭ

ޕީއެންސީގެ ވަރަށް ހާއްސަ ޖަގަހަ ޖަލްސާއެއް މިރޭ އޮންނާނެކަން އިއުލާންކޮށްފި އެވެ.

ވެރިކަން ކުރާ ޕާޓީން ބުނީ އެ ޖަލްސާ އޮންނާނީ މައި ޖަގަހައިގައ ކަމަށާއި ޖަލްސާ ފަށާނީ މިރޭ 8:30 ގައި ކަމަށެވެ.

އެހެންވެ ޕީއެންސީ އަށް ތާއީދުކުރާ ވީހާ ވެސް ގިނަ ބަޔަކު އެ ޖަލްސާގައި ބައިވެރިވާން އެދިފައިވެ އެވެ.

އެ ޕާޓީގެ ހާއްސަ ޖަގަހަ ޖަލްސާއެއް މިރޭ މި ބާއްވަނީ ރައްޔިތުންގެ މަޖިލީހުގެ އުތުރު ދާއިރާގެ ގޮނޑި ދިފާއު ކުރަން ޕީއެންސީން ވާދަކުރި އިއްޔެގެ ބައި-އިލެކްޝަނުން ބަލިވެފައި ވަނިށެވެ. އެ ބައި-އިލެކްޝަންގައި އެ ޕާޓީގެ ފަރާތުން ވާދަކުރެއްވީ އަހުމަދު ސައީދު (ސޮޑާ) އެވެ. ސޮޑާ އަށް ގޮނޑި ކާމިޔާބުކޮށް ދޭން ޕީއެންސީގެ އިސްވެރިން ވަރަށް ގަދައަށް އައްޑު އާއި މާލޭގައި ވެސް ކެމްޕޭން ކުރެއްވި އެވެ.

އެކަމަކު އެ ބައި-އިލެކްޝަން ކާމިޔާބުކުރީ އިދިކޮޅު އެމްޑީޕީގެ ފަރާތުން ވާދަކުރެއްވި އަބްދުﷲ ސޯދިގް (ސޯބެ) އެވެ.

ހިތަދޫ އުތުރު ދާއިރާގެ ގޮނޑި އަކީ ކުރިން ޕީއެންސީން ތަމްސީލު ކުރަމުން އައި ގޮނޑިއެކެވެ. އެ ގޮނޑި ހުސްވީ އުތުރު ދާއިރާގެ މެންބަރަކަށް ކުރިން ހުންނެވި މުހައްމަދު ސިނާނަށް ދަރަނީގެ މައްސަލައެއްގައި ގޮނޑި ގެއްލުމާ ގުޅިގެންނެވެ.