ރާއްޖެ އިން މި އަހަރު ހައްޖަށް ދިޔަ މީހުންގެ ތެރެއިިން ދެވަނަ ގްރޫޕް މިރޭ އެނބުރި އަތުވެއްޖެ އެވެ.
ޙައްޖާޖީންގެ ތިންވަނަ ގްރޫޕު މާދަމާ އަންނަން ހަމަޖެހިފައިވާ އިރު، ފަހު ގްރޫޕް އަންނާނީ މި މަހުގެ 9 ވަނަ ދުވަހު އެވެ.
މިއަހަރު ރާއްޖެއިން ޖުމްލަ 1،019 މީހަކު ހައްޖަށް ދިޔަ އެވެ. އެ އެންމެންގެ ވެސް ހާލު ރަނގަޅު ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފައިވެ އެވެ.
މިދިޔަ އަހަރެކޭ އެއްގޮތަށް މިއަހަރުވެސް ދިވެހި ޙައްޖުވެރިން މާލެއިން މައްކާއަށް ފުރާފައިވަނީ މައްކާ ރޫޓު އިނީޝިއޭޓިވްގެ ދަށުން ސަޢުދީ ޢަރަބިއްޔާގެ އިމިގްރޭޝަންގެ ހުރިހާ މަރުޙަލާއެއް ފުރިހަމަކުރުމަށްފައެވެ.
މައްކާ ރޫޓް އިނިޝިއޭޓިވްގައި ދިވެހިރާއްޖެ ހިމަނައިދިނުމަށް ސައުދީ އަރަބިއްޔާގެ ސަރުކާރުން ނިންމީ 1446 ވަނަ އަހަރުގެ ހައްޖު މޫސުމުގައެވެ. މި އިނިޝިއޭޓިވްގައި އާއްމުކޮށް ހިމަނަނީ ގިނަ އަަދަދެއްގެ މީހުން ހައްޖަށް ފޮނުވާ ގައުމުތަކެވެ.