Last Updated: June 8, 21:45
Monday, June 8, 2026
ދުނިޔެ

ފިލިޕީންސަށް ބާރުގަދަ ބިންހެލުމެއް، ސުނާމީގެ އިންޒާރު

ފިލިޕީންސްގެ ދެކުނުގެ ސަރަހައްދަށް އައި ބާރުގަދަ ބިންހެލުމާއެކު ސުނާމީގެ އިންޒާރު ނެރެފި އެވެ.

ފިލިފީންސްގެ ގަޑިން މިއަދު ހެނދުނު 7:37 ގައި ރިކްޓާ މިންގަނޑުން 8.1 ބާރުމިނުގައި ބިންހެލުން އައިސްފައި ވަނީ ފިލިޕީންސްގެ ދެކުނުގެ މައި ރަށް ކަމަށްވާ މިންޑަނާއޯގައި އޮންނަ ޖެނެރަލް ސަންޓޯސް ސިޓީގެ އައްސޭރިފަށަށެވެ.

މި ބިންހެލުމާ ގުޅިގެން ސުނާމީގެ އިންޒާރު ފިލިޕީންސްގެ އިތުރުން ޖަޕާނާއި އިންޑޮނީޝިއާ އަށް ވެސް ވަނީ ނެރެފަ އެވެ. އެގޮތުން އައްސޭރިފަށުގެ ސަރަހައްދުތަކުގައި ދިރިއުޅޭ މީހުން ރައްކާތެރި ހިސާބުތަކަށް ދިއުމަށް އެގައުމުތަކުން ވަނީ އަންގައިފަ އެވެ.

މި ބިންހެލުމާ ގުޅިގެން ރާއްޖޭގެ މޫސުމާ ބެހޭ ގައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ އިންޑިއާގެ ކަނޑުގައި ސުނާމީއެއް ނުއުފެދޭ ކަމަށެވެ.