އިޒްރޭލުން އިރާނުގެ އެކި ސަރަހައްދުތަކަށް ބޮން އަޅައިފި އެވެ.
އިޒްރޭލުން މި ހަމަލާތައް ދީފައިވަނީ އިރާނުން އިޒްރޭލުގެ އުތުރުގެ ސަރަހައްދުތަކަށް ދިން ހަމަލާތަކާ ގުޅިގެންނެވެ. އިރާނުން އެ ހަމަލާތައް ދިނީ ލުބްނާނަށް ހަމަލާތައް ދިނުން ހުއްޓާލުމަށް ވެފައިވާ އެއްބަސްވުމާ ހިލާފުވެ، އިޒްރޭލުން ތަކުރާރުކޮށް ލުބްނާނަށް ހަމަލާތައް ދެމުންދާތީ އެވެ.
އިރާނުން ދިން ހަމަލާތަކުގެ ރައްދުގައި އިޒްރޭލުން ހަމަލާތައް ދީފައިވަނީ އިރާނުގެ ވެރިރަށް ތެހެރާން އާއި ތަބްރީޒް އަދި އިސްފަހަން ސިޓީ އަށެވެ. ހަމަލާތައް ދީފައިވަނީ އިރާނުގެ އަސްކަރީ އަމާޒުތަކަށް ކަމަށް އިޒްރޭލުން ބުންޏެވެ.
މި ހަމަލާތަކާ ގުޅިގެން ލިބުނު ގެއްލުމުގެ ތަފްސީލެއް އަދި މިހާތަނަށް އިރާނުން ހާމަކޮށްފައެއް ނުވެ އެވެ.
އިޒްރޭލުން އިރާނުގެ އެކި ސަރަހައްދުތަކަށް ހަމަލާތައް ދީފައިމިވަނީ، އިރާނުން ދިން ހަމަލާގެ ރައްދުގައި ހަމަލާއެއް ނުދޭން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިޒްރޭލުގެ ކިބައިން އެދިފައިވަނިކޮށެވެ.