Last Updated: June 10, 06:03
Wednesday, June 10, 2026
ޚަބަރު

މަސް ގަންނަ އަގު މިފްކޯ އިން ބޮޑުކޮށްފި

މިފްކޯ އިން މަސްވެރިންގެ އަތުން މަސް ގަންނަ އަގު 18.50ރ. އަށް ބޮޑުކޮށްފި އެވެ.

އެ ކުންފުނިން ބުނީ ބަދަލުގެނެސްފައި ވަނީ މި ދުވަސްވަރަކީ ރާއްޖޭގައި މަސްވެރިކަން ދަށް ދުވަސްވަރަކަށްވާތީ މަސްވެރި އާއިލާތަކަށް މާލީ ގޮތުން ލުއި ފަސޭހަ ގޮތެއް ހޯދައި ދިނުމަށް ކަމަށެވެ.

މިފްކޯއިން ބުނި ގޮތުގައި މަސް ގަންނަ އަގު ބިނާ ވަނީ، ޑިމާންޑާއި ސަޕްލައިއަށް ކަމަށާއި، މި ދުވަސްވަރަކީ، މަސްވެރިކަން ދަށް ދުވަސްވަރެއް ނަމަވެސް ކުރިއަށް އޮތް ތަނުގައި މަސް ގަންނަ އަގު މިހާރަ ށްވުރެ ރަނގަޅުވުން ވެސް އެކަށީގެންވެ އެވެ.

ސަރުކާރުން ވަނީ، މަސްވެރިންގެ އަތުން މަސް ގަންނަ އަގު 16ރ. އަށް ވުރެ ދަށް ނުކުރުމަށް ނިންމައިފަ އެވެ. އަދި ސަރުކާރުން މަސައްކަތް ކުރަނީ މަސް ގަންނަ އަގު 20ރ. ރުފިޔާއަށް ބޮޑު ކުރުމަށެވެ.

މަސްވެރިކަން ތަރައްގީ ކުރުމަށް ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.