އިތުރު ހަތަރު ސްކޫލަކާ އެކު މި އަހަރުގެ އޭ ލެވެލްގެ ދިރާސީ އަހަރު އިއްޔެ ފަށައިފި އެވެ.
އޭ ލެވެލް އަދް މި އަހަރު ކިޔަވައި ދޭން ފެށި ސްކޫލްތަކަކީ ރ. އަތޮޅު އުނގޫފާރު ސްކޫލާއި އެ އަތޮޅު އިނގުރައިދޫ ސްކޫލާއި ތ. އަތޮޅު ތައުލީމީ މަރުކަޒުގެ އިތުރުން ގދ. މަޑަވެލީ ސްކޫލެވެ.
ކުރިން ވެސް އުނގޫފާރު ސްކޫލުގައި މަތީ ސާނަވިއަށް ކިޔަވައި ދީފައިވެ އެވެ. އަދި އަލުން އެ ސްކޫލްގައި އޭ ލެވެލް އަށް ކިޔަވައި ދޭން ފެށީ 7 އަހަރުގެ މެދުކެނޑުމެކަށް ފަހު އެވެ. އުނގޫފާރު ސްކޫލުގައި އަލުން އޭ ލެވެލް އަށް ކިޔަވައި ދޭން ފެށި އިރު، އެތަނުގެ ގްރޭޑް 11 ގައި ކިޔަވާ ދަރިވަރުންގެ އަދަދަކީ ވެސް 11 އެވެ.
އިނގުރައިދޫ ސްކޫލުގައި ގުރޭޑް 11 އަށް ކިޔަވައި ދޭން ފެށީ 8 ދަރިވަރުންނާ އެކުގަ އެވެ. މަޑަވެލީ ސްކޫލުގައި 11 އަށް ކިޔަވައި ދޭން ފެށީ 9 ދަރިވަރުންނާ އެކީގަ އެވެ.
މުޅި ރާއްޖެއަށް މަތީ ސާނަވީ ފުޅާކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން އެކުލަވާލާފައިވާ ސިޔާސަތުގެ ދަށުން މިދިޔަ އަހަރު 5 ސްކޫލެއްގައި އޭ ލެވެލް އަށް ކިޔަވައި ދޭން ފެށި އެވެ.