ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު އިސްތިއުފާ ދެއްވައިފި އެވެ.
މިނިސްޓަރު މިއަދު އިސްތިއުފާ ދެއްވިކަން ފިނޭންސްގެ ބައެއް އޮފިޝަލުން ވެސް ކަށަވަރުކޮށް ދީފައިވެ އެވެ. އަދި މިކަން ސަރުކާރުގެ ތަރުޖަމާނު މުޙައްމަދު ޙުސެއިން ޝަރީފް ވެސް ވަނީ މީޑިއާތަކަށް ކަށަވަރުކޮށް ދެއްވައިފަ އެވެ.
ފިނޭންސް މިނިސްޓަރަކަށް ޒަމީރު އައްޔަންކުރީ ސެޕްޓެމްބަރު 30، 2024 ގަ އެވެ. އޭނަ މި ސަރުކާރުގައި އެންމެ ފުރަތަމަ ހުންނެވީ ފޮރިން މިނިސްޓަރުގެ މަގާމުގަ އެވެ.
ފިނޭންސް މިނިސްޓަރުކަމުން ޒަމީރު އިސްތިއުފާ ދެއްވި އިރު، އޭނަ އަކީ މިދިޔަ އެޕްރީލް މަހުގެ ތެރޭގައި ކެބިނެޓަށް ބަދަލުތަކެއް ގެނައި އިރު، މި ސަރުކާރުން އެންމެ ފުރަތަމަ ކެބިނެޓަށް އައްޔަންކުރި މިނިސްޓަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ.
ޒަމީރު އިސްތިއުފާ ދެއްވި އިރު، އޭނަ އިސްތިއުފާ ދެއްވަން އުޅުއްވާކަމުގެ އަޑުތަކެއް ކުރިން ވެސް އަރާފައިވެ އެވެ.
މި ސަރުކާރުން އެންމެ ފުރަތަމަ ފިނޭންސް މިނިސްޓަރަކީ ޑރ. މުހައްމަދު ޝަފީގެވެ.