Last Updated: June 8, 21:45
Monday, June 8, 2026
ޚަބަރު

އައްޑޫ އެކްސިޑެންޓްގައި އަނިޔާވި މީހާ ނިޔާވެއްޖެ

އައްޑޫ ސިޓީގައި މިދިޔަ މަހުގެ ފަހުކޮޅު ހިނގި އެކްސިޑެންޓެއްގައި ސީރިއަސް އަނިޔާތަކެއް ލިބުނު މީހަކަށް ފަރުވާދެމުން ދަނިކޮށް މިއަދު ނިޔާވެއްޖެ އެވެ.

ފަރުވާދެމުން ދަނިކޮށް ނިޔާވެފައިވަނީ ރަމީޒު އަބްދުﷲ އެވެ.

މި އެކްސިޑެންޓް ހިނގާފައިވަނީ ނުބައި ފަޅިއަކުން ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ސައިކަލެއް، މަޑުމަޑުން ދުއްވާފައި ދިޔަ ރަމީޒުގެ ސައިކަލުގައި ޖެހިގެންނެވެ. އެއާއެކު ސައިކަލާއިއެކު ރަމީޒު ވިއްސައިގެން ގޮސް ވެއްޓުނުއިރު، އޭނާގެ ބޮލަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވެ އެވެ.

ރަމީޒު ނިޔާވެފައިވަނީ އޭޑީކޭ ހޮސްޕިޓަލުގެ ވެންޓިލޭޓަރުގައި ބާއްވައިގެން ފަރުވާދެމުންދަނިކޮށެވެ.

ފެނަކައިގައި މަސައްކަތް ކުރަމުންދާ ރަމީޒު ނިޔާވިއިރު، އަންބަކާއި ތިން ދަރިން ދުނިޔޭގައި އެބަތިބި އެވެ.