Last Updated: June 8, 21:45
Monday, June 8, 2026
ޚަބަރު

ވީއައިއޭއަކީ ދުނިޔޭގެ ފެންވަރުގެ ހިދުމަތް ލިބޭ ތަނަކަށް ހެދުމަކީ އަމާޒެއް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) އަކީ ދުނިޔޭގެ ފެންވަރުގެ ހިދުމަތް ލިބޭ ތަނަކަށް ހެދުމަކީ އަމާޒެއް ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް މުހައްމަދު ވިދާޅުވެއްޖެ އެވެ.

ނަން-ވިޒިބަލް ޑިސްއެބިލިޓީސް ނުވަތަ ހާއްސަ އެހީއަށް ބޭނުންވާ ފަސިންޖަރުންނަށް ވީއައިއޭގެ ޓާމިނަލް 1 ގައި ޚާއްސަ 'ކާމް ރޫމް' ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަމުން ޝަރީފް ވިދާޅުވީ ވީއައިއޭ އަކީ ކޮންމެ ފަސިންޖަރަކަށް ވެސް ހަމަހަމަކަމާއެކު އިތުބާރު ހުރި ދުނިޔޭގެ ފެންވަރުގެ ޚިދުމަތްތަކެއް ލިބޭނެ ތަނަކަށް ހެދުމަކީ އަމާޒެއް ކަމަށެވެ.

ކާމް ރޫމް ޤާއިމުކުރުމަށް ބޭނުންވާ ފަންނީ އެހީތެރިކަމާއި މުވައްޒަފުން ތަމްރީނުކުރުމުގައި އޯޓިޒަމް ކެއާ މޯލްޑިވްސްއާއި އޯޓިޒަމް އެސޯސިއޭޝަންގެ ފަރާތުން ވެދެއްވި އެހީތެރިކަމަށް އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު ޝުކުރު އަދާކުރެއްވި އެވެ.

އެމްއޭސީއެލުން ބުނީ އެ ކުންފުނީގެ އަމާޒަކީ ކުރިއަށް އޮތްތަނުގައި މި ޚިދުމަތް ވީއައިއޭގެ ޓާމިނަލް 2 އާއި ސީޕްލޭން ޓާމިނަލަށްވެސް ފުޅާކުރުން ކަމަށެވެ. މިއީ އެއްވެސް ފަސިންޖަރަކު ބާކީނުކޮށް، އެންމެންނަށް އަޅާލާ މާހައުލެއް ގާއިމުކުރުމަށް ކުންފުނިން ކުރާ މަސައްކަތް ހާމަކޮށްދޭ، މުހިންމު މަސައްކަތެއް ކަމަށް އެމްއޭސީއެލް އިން ބުންޏެވެ.