Last Updated: June 11, 06:42
Thursday, June 11, 2026
ޚަބަރު

ދިވެހި ހައްޖުވެރިންގެ ތިންވަނަ ގްރޫޕް އަތުވެއްޖެ

ރާއްޖެ އިން މި އަހަރު ހައްޖަށް ދިޔަ މީހުންގެ ތެރެއިިން ތިންވަނަ ގްރޫޕް ރޭ އެނބުރި އަތުވެއްޖެ އެވެ.

ޙައްޖާޖީންގެ ތިންވަނަ ގްރޫޕްގައި 271 މީހަކު ރާއްޖެ އައިސްފައިވެ އެވެ. ދިވެހި ހައްޖުވެރިންގެ ފަހު ގްރޫޕް އަންނާނީ މާދަމާ އެވެ.

މިއަހަރު ރާއްޖެއިން ޖުމްލަ 1،019 މީހަކު ހައްޖަށް ދިޔަ އެވެ. އެ އެންމެންގެ ވެސް ހާލު ރަނގަޅު ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފައިވެ އެވެ.

މިދިޔަ އަހަރެކޭ އެއްގޮތަށް މިއަހަރުވެސް ދިވެހި ޙައްޖުވެރިން މާލެއިން މައްކާއަށް ފުރާފައިވަނީ މައްކާ ރޫޓު އިނީޝިއޭޓިވްގެ ދަށުން ސަޢުދީ ޢަރަބިއްޔާގެ އިމިގްރޭޝަންގެ ހުރިހާ މަރުޙަލާއެއް ފުރިހަމަކުރުމަށްފައެވެ.

މައްކާ ރޫޓް އިނިޝިއޭޓިވްގައި ދިވެހިރާއްޖެ ހިމަނައިދިނުމަށް ސައުދީ އަރަބިއްޔާގެ ސަރުކާރުން ނިންމީ 1446 ވަނަ އަހަރުގެ ހައްޖު މޫސުމުގައެވެ. މި އިނިޝިއޭޓިވްގައި އާއްމުކޮށް ހިމަނަނީ ގިނަ އަަދަދެއްގެ މީހުން ހައްޖަށް ފޮނުވާ ގައުމުތަކެވެ.