Last Updated: June 11, 06:42
Thursday, June 11, 2026
ޚަބަރު

ވަތަނީ ހިދުމަތުގެ ތިންވަނަ ބެޗްގައި 352 ބައިވެރިން

ވަޠަނީ ޚިދުމަތުގެ ތިން ވަނަ ބުރަށް 352 ބައިވެރިން އިއްޔެ ޅ. މާފިލާފުއްޓަށް ފުރައިފި އެވެ.

އެ ރަށުގައި ހިންގާ އެމްއެންޑީއެފްގެ ކޮމްޕޮސިޓް ޓްރޭނިން ސެންޓަރު،ށިގައި ތިންމަސް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި ތަމްރީނުގެ ބައިވެރިންގެ ތެރޭގައި ހިމެނެނީ 20 އަތޮޅުން 115 ރަށަކަށް ނިޞްބަތްވާ ޒުވާނުންނެވެ. އެއީ 64 އަންހެން އަދި 288 ފިރިހެން ބައިވެރިންނެވެ.

ދިވެހި ވަތަނީ ހިދުމަތުގެ ޕްރޮގްރާމަކީ ދިވެހި ޤައުމިއްޔަތާއި، ޒިންމާދާރު ރައްޔިތު ކަމާއި، ދީނީ ތަރުބިއްޔަތާއި އަޚްލާޤާއި ސުލޫކު، ލީޑަރޝިޕް، އަދި ހަށިހެޔޮކަމުގެ ގެ އިތުރުން ދިރިއުޅުމުގެ މައިދާނުގައި ބޭނުން ވާނެ ތަފާތު އެތައް ދާއިރާއަކުން ޒުވާނުން ބިނާކުރަން ފެށި ޕްރޮގްރާމެކެވެ.

އެގޮތުން މީގެ ތެރޭގައި އަމިއްލަ ނަފްސަށް އިތުބާރުކުރާ، ޢަޤީދާ ވަރުގަދަ، ރޫޙާނީ އަދި ޖިސްމާނީ ގޮތުން ދުޅަހެޔޮ، ދިވެހި ޤައުމިއްޔަތަށް ލޯބިކުރާ، ޒިންމާދާރު ޒުވާން ޖީލެއް ބިނާކުރެވޭނެ އެވެ.

ވަޠަނީ ޚިދުމަތުގެ ޙަރަކާތް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަކީ، ސަރުކާރުގެ ޒުވާނުން ބިނާކުރުމާ ގުޅޭ އެންމެ މުހިންމު އެއް ސިޔާސަތެވެ.

މީގެ ފުރަރަމަ ބެޗް 2025 ގައި ބާއްވާފައި އިރު، ދެވަނަ ބެޗް ނިންމައިލީ މިދިޔަ މަހުގެ ތެރޭގަ އެވެ.