Last Updated: June 11, 06:42
Thursday, June 11, 2026
ޚަބަރު

މިފްކޯ އިން މިއަދު މަސް ގަންނަނީ 20ރ. އަށް

މިފްކޯއިން މަސްވެރިންގެ އަތުން މިއަދު މަސް ކިލޯއެއް 20ރ. އަށް ގަންނަން ނިންމައި އެކަން އިއުލާންކޮށްފި އެވެ.

އެ ކުންފުނިން ބުނީ، ފެލިވަރާއި ކޫއްޑޫ އަދި އައްޑޫގައި ފިޝަރީޒް ކޮމްޕްލެކްސްގެ އިތުރުން ތިނަދު އާއި ފަރެސްމާތޮޑާ އާއި ގއ. ދާންދޫ އަދި ފުވައްމުލަކު ސިޓީގެ ބަނދަރުތަކުން 10-15 ކިލޯއާ ދެމެދުގެ ކަޅުބިލަމަހާއި ބޮޑުކަންނެލި މަސް ގަންނާނީ 20ރ. އަށް ކަމަށެވެ. އަދި 15 ކިލޯއިން މަތީގެ ބޮޑުކަންނެލި ގަންނާނީ 25ރ. ރުފިޔާއަށް ކަމަށް މިފްކޯ އިން ބުންޏެވެ.

އެ ކުންފުނިން މިއަދު މަސް ކިލޯއެއް 20ރ. އަށް ގަންނަން ނިންމި އިރު، މަހުގެ އަގު 20ރ. އަށް ބޮޑުކުރުމަކީ މި ސަރުކާރުގެ އަމާޒެއް ވެސް މެ އެވެ.

މިފްކޯ އިން މި މަހުގެ 7 ގައި ވަނީ މަސް ކިލޯއެއް ގަންނަ އަގު 18.50ރ. އަށް ވެސް ބޮޑުކޮށްފަ އެވެ.