ހިމަބިހީގެ އިތުރު ކޭސްތަކެއް ފެނި، ޖުމްލަ ކޭސްތަކުގެ އަދަދު 15 އަށް އަރައިފި އެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ އެޗްޕޕީއޭ) އިން ބުނީ ހިމަބިހީގެ އިތުރު ހަތަރު ކޭސް މިދިޔަ ހަފުގައި ރިޕޯޓްކޮށްފައި ވަނީމާލެ ސަރަހައްދުން ކަމަށެވެ. މިއާ އެކު އި މިހާތަނަށް މި އަހަރު ތެރޭގައި އެ ބަލި ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ 15 އަށް އަރައިފަ އެވެ. ކޭސް ރިޕޯޓުކޮށްފައިވާ ކަމަށް އެޗްޕީއޭން މިއަދު ބުނެފި އެވެ.
ހިމަބިހީގެ ކޭސްތައް އިތުރުވާތީ، ޝައްކުކުރެވޭ މީހުން ޑޮކްޓަރަށް ދެއްކުމަށް އައިޖީއެމްއެޗުގައި ހެލްޕް ޑެސްކެއް ވެސް ގާއިމުކޮށްފައިވެ އެވެ.
އަވައްޓެރި ގައުމުތަކާއި ދުނިޔޭގެ އެކި ބައެެއް އެހެން ސަރަހައްދުތަކުގެ ގައުމުތަކުގައި ވެސް މި ދުވަސްވަރު ހިމަބިހި ދަނީ ފެތުރެމުންނެވެ. މި ބައްޔަކީ ރާއްޖެ އިން ނައްތާލާފައިވާ ކަމަށް 2017 ގައި ކަނޑައަޅާފައިވާ ބައްޔެކެވެ.
އެޗްޕީއޭ އިން ވަނީ އެ ބަލީގެ އަލާމަތްތައް ފެންނަ ނަމަ ވީހާ ވެސް އަވަހަކަށް ޑޮކްޓަރަށް ދައްކަން އިލްތިމާސްކޮށްގަ އެވެ. ހިމަބިހީގެ އަލާމާތްތަކުގެ ތެރޭގައި ހުން އައުމާ އެކު ރަތް ބިހިތަކެއް ނެގުން ހިމެނެ އެވެ.