Last Updated: June 11, 06:42
Thursday, June 11, 2026
ޚަބަރު

ލަސްތަކެއް ނުވެ ރައީސް މުއިއްޒު ވެސް ކަނޑާލެވިދާނެ

ރައީސް ޑރ. މުހައްމަދު މުއިއްޒު ތިމާވަރެއް ނެތިގެން މޭފުއްލައްވައިގެން އުޅުއްވާނެ ކަމެއް ނެތް ކަމަށާއި އެ މަނިކުފާނު ވެސް ލަސްތަކެއް ނުވެ ކަނޑާލެވިދާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އެމްޑީީޕީގެ ޗެއާާސަން އިންތިހާބުގެ ކެމްޕޭނުގެ ތެރެއިން މިއަދު ނ. ލަންދު އަށް ވަޑައިގެން އެ ރަށުގެ އެމްޑީޕީ ސަޕޯޓަރުންނާ އެކު ބޭއްވި ބައްދަލުވުމުގައި ނަޝީދު ވިދާޅުވީ އެމްޑީީޕީ އަށް ނިސްބަތްވާ މީހުން ވަޒީފާތަކުން ވަކިކުރަމުންދާ އިރު، އެކަން ކުރަނީ އެއްވެސް އުސޫލެއް ނެތި ކަމަށެވެ.

އެގޮތުން އެ ސަރުކާރުގެ ކުންފުނިތަކުގައި ވަޒީފާ އަދާކުރާ އެމްޑީޕީ އަށް ސަޕޯޓްކުރާ މީހުން ވަޒީފާތަކުން ކަނޑަނީ ވަކި އެމްޑީޕީގެ މީހަކާ އެކު ފޮޓޯއެއް ނެގުމުން ނުވަތަ އިންތިހާބެއްގައި ވާދަކުރާ އެ ޕާޓީގެ މީހަކަށް ތާއީދު ކުރުމުން ކަމަށެވެ. އަދި އެއީ ޖަޒުބާތު ޖެހުވަޑައިގެން ކުރައްވާ ކަމެއް ކަމަށާއި ހިތެއް ހެރިހާ ގޮތަކަށް ކަންކަން ނުކުރެއްވޭނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.

އެހެންވެ އުސޫލާއި ހަމައިން ބޭރުން މީސްމީހުން ވަޒީފާ އިން ވަކުރަމުންދާ ނަމަ ރައީސް މުއިއްޒު ވެސް ވަރަށް އަވަހަށް ކަނޑާލެވިދާނެ ކަމަށް ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ ރައީސް މުއިއްޒުގެ އަމާޒު ހިއްޕަވައިގެން ހުންނެވީ ހުދުމުހުތާރުކޮށް ވެރިކަން ކުރައްވަން ކަމަށެވެ. އެކަމަކު އެކަން ކުރަން ފުރުސަތު ނުދެއްވާނެ ކަމަށަށް ވިދާޅުވި އެވެ. ނަޝީދު ވިދާޅުވީ ރައީސް މުއިއްޒަކީ މިހާރު ރައްޔިތުންގެ މެދުގައި މިހާރު މާ ބޮޑު ތާއީދެއް ވެސް އޮތް ބޭފުޅެއް ނޫން ކަމަށާއި އެ މަނިކުފާނަށް އޮތް ތާއީދު ފަސް ޕަސެންޓަށް ކުޑަ ވެސް ކޮށްލައްވާނެ ކަމަށެވެ. އަދި އެކަން ކުރާނެ ގޮތް އެ މަނިކުފާނަށާއި އެމްޑީޕީ އަށް ވަރަށް ރަނގަށް އެނގޭ ކަމަށް ނަޝީދު ވިދާޅުވި އެވެ.