އިންޑިއާގައި މެދުނުކެނޑި އެންމެ ދިގު މުއްދަތަކަށް ބޮޑުވަޒީރުކަން ކުރެއްވި ބޭފުޅަކަށް ނަރެންދުރަ މޯދީ ވެވަޑައިގަތުމާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު މަރުހަބާ ވިދާޅުވެއްޖެ އެވެ.
އެކަން ފާހަގަ ކުރައްވައި މޯދީ މަރުހަބާ ވިދާޅުވެ ސޯޝަލް މީޑިއާ ޕޯސްޓެއްގައި އެ މަނިކުފާނު ވިދާޅުވީ ރާއްޖެއިން އެދެނީ އިހުތިރާމާއި އިސްތިގުލާލީ ހަމަހަމަކަމާއި ހިޔާލު އެއްގޮތް ކަންކަމުގެ ތެރެއިން ދެ ގައުމުގެ ދެމެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިވުމަށް ކަމަށެވެ.
Warm congratulations to His Excellency Prime Minister @narendramodi on becoming India’s longest-serving elected Prime Minister by consecutive days in office.
The Maldives looks forward to further strengthening cooperation with India, guided by mutual respect, sovereign equality,…
— Dr Mohamed Muizzu (@MMuizzu) June 10, 2026
މޯދީ ބޮޑުވަޒީރަކަށް އެންމެ ފުރަތަމަ ވަޑައިގަތީ މެއި 2014 ގަ އެވެ. އޭނަ މިހާރު މިހާރު އަދާކުރައްވަމުން ގެންދަވަނީ އެ މަގާމުގެ ތިން ވަނަ ދައުރެވެ.
މީގެ ކުރިން މެދުނުކެނޑި އިންޑިއާގައި އެންމެ ދިގު މުއްދަތަކަށް ބޮޑުވަޒީރުކަން ކުރެއްވި ބޭފުޅަކީ ވަރަށް މަޝްހޫރު ޝަހުސިއްޔަތެއް ކަމަށްވާ ޖަވާހިރުލާލް ނެހެރޫ އެވެ. އޭނަ 1947-1964 އަށް އެ މަގާމު ފުރުއްވި އެވެ. އެއީ އެއީ މުޅީ ޖުމްލަ 4،398 ދުވަހެވެ.
މޯދީ ވަނީ ބޮޑުވަޒީރުކަމުގައި އެ މުއްދަތު ހުރަސްކުރައްވައިފަ އެވެ. އޭނަ ބޮޑުވަޒީރުކަން ކުރައްވާތާ މިހާރު 4،399 ދުވަސްވެއްޖެ އެވެ. މޯދީ އަކީ ބީޖޭޕީ އަށް ނިސްބަތްވާ ބޭފުޅެކެވެ.