ވައިގެ މަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު 8 ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި އަތުލައިގެންފި އެވެ.
މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން މިއަދު ބުނީ މިތަކެތި އަތުލައިގަތީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
އަތުލައިގަތީ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ހަޝިސް އޮއިލް ކަމަށާއި އެ ތަކެތީގެ ބަރުދަނުގައި 8.5 ކިލޯ ހުރި ކަމަށް ކަސްޓަމްސް އިން މައުލޫމާތު ދީފައިވެ އެވެ.
ކަސްޓަމްސް އިން އިތުރަށް ބުނީ އަތުލައިގެން މަސްތުވާތަކެތީގެ މަގުމަތީ އަގު 6 މިލިއަން ރުފިޔާއަށް ވުރެ އިތުރުވާނެ ކަމަށެވެ.
މިމައްސަލައިގެ ތުހުމަތުގައި އެއްވެސް މީހަކު ހައްޔަރުކޮށްފައިވާ ކަމަކަށް އެއްވެސް އިދާރާއަކުން އަދި ނުބުނެ އެވެ.