ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ރައީސްގެ މަގާމަށް ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު އައްޔަންކޮށްފި އެވެ.
އެ އޮތޯރިޓީން ވަނީ ޒަރީރު އެ މަގާމަށް އައްޔަންކުރުމުން މަރުހަބާ ކިޔައިފަ އެވެ.
އެލްޖީއޭގެ ބޯޑުގައި ތިބޭނީ ރައީސް އައްޔަން ކުރައްވާ މިނިސްޓަރަކާއި ޖެންޑާ އިކުއަލިޓީ ދާއިރާގެ އަންހެން ބޭފުޅަކާއި މަދަނީ ޖަމިއްޔާއެއްގެ މެމްބަރަކާއި ގަވަނަންސް ނުވަތަ ޕަބްލިކް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން ތަޖްރިބާ ލިބިފައިވާ ބޭފުޅެއް އަދި އެލްޖީއޭގެ ޗީފް އެގްޒެކެޓިވް އޮފިސަރެވެ.