Last Updated: June 10, 20:48
Wednesday, June 10, 2026
ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުވާ ފުލުހަކު ހައްޔަރުކޮށްފި

ޖިންސީ އަނިޔާ އާއި ދެކޮޅަށް މާލޭގައި ބޭއްވި ހިނގާލުމެއްގެ ތެރެއިން - ފޮޓޯ: ވީނިއުސް

އިތުބާރު ކުރެވޭ މަގާމެއްގައި ހުރެ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައި ފުލުހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ އިތުބާރު ކުރެވޭ މަގާމެއްގައި ހުރެ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް މި މަހުގެ 1 ވަނަ ދުވަހު ފުލުހުންނަށް ހުށަހެޅިފައިވާ ކަމަށެވެ.

އެ މައްސަލައިގެ ތުހުމަތުގައި މިދިޔަ އާދިއްތަ ދުވަހު ކޯޓު އަމުރެއްގެ ދަށުން 49 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށާއި އަދި އެ ދުވަހުން ފެށިގެން މުސާރަ ނުލިބޭ ގޮތަށް، ފުލުހުންގެ ވަޒީފާއިން އޭނާ ސަސްޕެންޑް ކޮށްފައި ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 30 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށެވެ.