ބޮލީވުޑްގެ ޑައިރެކްޓަރު ޝަރަން މާދަމާ ކައިވެނި ކުރަން ތައްޔާރުވެއްޖެ އެވެ.
މީޑިއާތަކުން ބުނީ އޭނަ އާއި މާ މަޝްހޫރު ނޫން ބަތަލާއެއް ކަމަށްވާ އަކަންކް ޝާ ޝަރުމާގެ ކައިވެނި ހަފުލާ އޮންނާނީ މުމްބާއީގައި ކަމަށެވެ. ކައިވެނީގެ ހަފުލާ އަށް ފަހު 12 ވަނަ ދުވަހު ހާއްސަ ރިސެޕްޝަނެއް ވެސް ބާއްވަން ވަނީ ނިންމައިފަ އެވެ.
ރިސެޕްޝަން އޮންނާނީ މުމްބާއި ޖޭޑަބްލިއު މެރިއޮޓްގަ އެވެ.
ޝަރަން އަކީ ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަންގެ ފިލްމުތައް ކަމަށްވާ 2020 ގެ 'ގުންޖަން ސަކްސޭނާ: ދަ ކަރްގިލް ގާލް' އާއި 2024 ގެ 'މިސްޓަ އެންޑް މިސިޒް މާހީ' ގެ ޑައިރެކްޓަރެވެ. އޭނަގެ ކުރިއަށް އޮތް ފިލްމަކީ އެ ސްޓޫޑިއޯގެ 'ކުކޫ ކީ ކުންދަލީ' އެވެ.
ޝަރަން ކައިވެނިކުރާ އަކަންކްޝާ، 30، އަކީ 'ގިލްޓީ' އާއި 'މޮނިކާ، އޯ މައި ޑާލިން' އަދީ 'ކޭސަރީ ވީރު ފަދަ' ފިލްމުތަކުގައި ސަޕޯޓިން ރޯލުތަކެއް ކުޅެފައިވާ ބަތަލާ އެވެ. އޭނަގެ ކުރިއަށް އޮތް ފިލްމަކީ ލީޑް ރޯލުން ފެންނާނެ އަންނަ މަހު 31 ގައި ރިލީޒްކުރާ 'ތެރަ ޔާރު ހޫނ މޭ' އެވެ.
އެ ފިލްމަކީ ޑައިރެކްޓަރު އިންދަރު ކުމާރުގެ ދަރިފުޅު އަމަން އިންދަރު ކުމާރު ބޮލީވުޑަށް ތައާރަފުކުރާ ފިލްމެވެ.