Last Updated: June 10, 20:48
Wednesday, June 10, 2026
ޚަބަރު

ޞިއްޙީ ދާއިރާގެ ތަރައްގީއަށް އެހީތެރިކަން ފޯރުކޮށްދޭނަން: ޗައިނާ

މިނިސްޓަަރ އޮފް ހެލްތު އެންޑް ފެމިލީ ވެލްފެއާ ގީލާ އަލީ ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ކޮންގ ޝިއަންހުއާ ބައްދަކުރައްވައިފި އެވެ.

މި ބައްދަލުވުމުގައި ޗައިނާއިން ރާއްޖޭގެ ޞިއްޙީ އަދި އިޖުތިމާއީ ދާއިރާގެ ތަރައްގީއަށްޓަކައި އެހީތެރިކަން ފޯރުކޮށްދެއްވާނެކަމުގެ ޔަޤީންކަން ދެއްވި އެވެ. އަދި ވިލިމާލޭގައި އިމާރާތްކުރުމުންދާ ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ހޮސްޕިޓަލްގެ މަޝްރޫޢާއި ކުރިޔަށްގެންދާ މުހިއްމު މަޝްރޫޢުތަކުގެ ސަބަބުން ޗައިނާއާއި ރާއްޖެއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމުގެ ޔަޤީންކަން ވެސް ސަފީރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވި އެވެ.

މީގެ އިތުރުން މި ބައްދަލުވުމުގައި މިދާއިރާއިން މީހުން ތަމްރީން ކުރުމާ ގުޅޭގޮތުން ވެސް ދެ ފަރާތުން ވަނީ ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްފަ އެވެ.

މިނިސްޓަރ ވަނީ މި ބައްދަލުވުމުގައި ޗައިނާއަކީ ރާއްޖޭގެ ތަރައްޤީގެ މުހިއްމު ބައިވެރިއެއްކަން ފާހަގަކުރައްވައި، ކޮށްދެއްވާފައިވާ އަގުހުރި މުހިއްމު މަސައްކަތްތަކަށް ފާހަކޮށް ޝުކުރު އަދާކުރައްވާފަ އެވެ.