Last Updated: June 11, 06:42
Thursday, June 11, 2026
ޚަބަރު

އައްޑޫން ކަރަންޓު ކެނޑިއްޖެ

އައްޑޫގެ ގުޅިފައިވާ ހުރިހާ ރަށަކުން ކަރަންޓު ކެނޑިއްޖެ އެވެ.

ފެނަކައިން ބުނީ އައްޑޫގެ ގުޅިފައިވާ ރަށްތަކުން މިވަގުތު ކަރަންޓުގެ ޙިދުމަތް މެދުކެނޑިފައިވާ ކަމަށާއި މައްސަލަ ޙައްލު ކުރުމުގެ މަސައްކަތް ޓެކްނިކަލް ޓީމުން ކުރަމުންދާ ކަމަށެވެ.

ކަރަންޓު ކެނޑެން ދިމާވީ އިންޖީން ނަމްބަރު 15 އަށް ދިމާވި ޓެކްނިކަލް މައްސަލައެއްގެ ސަބަބުން ކަމަށް ފެނަކައިން މައުލޫމާތުދެ އެވެ.

އައްޑޫގެ ގުޅިފައިވާ ރަށްތަކުގެ ކަރަންޓުގެ މައްސަލައަށް ދާއިމީ ހައްލެއް ނުލިބި ރައްޔިތުން ޝަކުވާ ކުރާތާ އެތައް ދުވަހެއް ވެއްޖެ އެވެ. އައްޑޫއަކީ ރާއްޖޭގެ ދެވަނައަށް އެންމެ ބޮޑު އާބާދީ އެވެ.