Last Updated: June 11, 22:21
Thursday, June 11, 2026
ޚަބަރު

ރަސްމީ ދަތުރުފުޅެއްގައި އިރުތިޝާމް ޗައިނާ އަށް

ޗައިނާ-ސައުތު އޭޝިޔާ ކޯޕަރޭޝަން ފޯރަމުގައި ބައިވެރިވެވަޑައިގެންނެވުމަށްޓަކައި، ދިވެހިރާއްޖޭގެ ފޮރިން މިނިސްޓަރު އިރުތިޝާމް ޢާދަމް ޗައިނާއަށް ފުރާވަޑައިގެންފިއެވެ.

7 ވަނަ ޗައިނާ ސައުތު އޭޝިޔާ ކޯޕަރޭޝަން ފޯރަމް ބޭއްވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 10 އިން 12 އަށް، ޗައިނާގެ ޔުނާން ޕްރޮވިންސްގެ ވެރިކަންކުރާ ރަށް ކަމަށްވާ ކުންމިންގ ސިޓީގައެވެ.

މި ދަތުރުފުޅުގައި މިނިސްޓަރު އިރުތިޝާމް އާދަމް، ޗައިނާ ސައުތު އޭޝިޔާ ކޯޕަރޭޝަން ފޯރަމް ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެން ޚާއްޞަ ތަގުރީރެއް ދެއްވުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން، 10 ވަނަ ޗައިނާ – ސައުތު އޭޝިއާ އެކްޕޯ ހުޅުވުމުގެ ރަސްމިއްޔާތުގައި ވެސް އެކަމަނާ ބައިވެރިވެވަޑައިގަންނަވާނެއެވެ.

މިނިސްޓަރުގެ މި ދަތުރުފުޅުގައި ޔުނާން ޕްރޮވިންސްގެ ސަރުކާރުގެ އިސް ބޭފުޅުންނާ ބައްދަލުކުރެއްވުމުގެ އިތުރުން، އެ ޕްރޮވިންސްގައި މަތީ ތައުލީމު ހާސިލުކުރަމުންދާ ދިވެހި ދަރިވަރުންނާ ބައްދަލުކުރައްވައި އެ ކުދިންގެ ހާލަތު އޮޅުންފިލުއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.