Last Updated: June 13, 02:24
Saturday, June 13, 2026
ޚަބަރު

ފުލުހުންނާ އެކު ކޮފީ ބޯލުން މާދަމާ ފޭދޫގައި

ފުލުހުންނާ އެކު ކޮފީއެއްގެ ނަމުގައި އައްޑޫ ފޭދޫގައި ހާއްސަ ހަރަކާތެއް އާންމުންނާ އެކު މާދަމާ ކުރިއަށް ގެންދަން ނިންމައިފި އެވެ.

އާންމުންނާއި ފުލުހުންނާ ދެމެދު އޮންނަ ގުޅުން ބަދަހިކޮށް އަމާން ރައްކާތެރި މުޖުތަމައަކަށް ކުރާ މަސައްކަތުގެ ދަށުން ބާއްވާ ކޮފީ އޮންނާނީ މާދަމާ ހަވީރު 4:30 ގައި ފޭދޫ ކޮފީ އަޕްގަ އެވެ. އެހެންވެ ވީހާ ވެސް ގިނަ ބަޔަކު އެ ކޮފީގައި ބައިވެރިވާން ގަން ޕޮލިސް ސްޓޭޝަނުން އެދިފައިވެ އެވެ.

މީގެ ކުރިން ވެސް ފުލުހުންނާ އެކު ކޮފީ ހަރަކާތް ރާއްޖޭގެ އެކި ހިސާބުތަކުގައި ފުލުހުން ބާއްވާފައިވެ އެވެ. މިއީ ވީހާ ވެސް ގާތުން ފުލުހުންގެ ހިދުމަތް ދޭން ކުރާ މަސައްކަތްތަކުގެ ދަށުން ކުރިއަށް ގެންދާ ހަރަކާތެކެވެ.