Last Updated: June 11, 22:21
Thursday, June 11, 2026
ޚަބަރު

ޑައިމަންޑް ޖުބިލީ މުބާރާތުގެ ތަށި ޕާކިސްތާނަށް

ރާއްޖޭގެ ފުޓްބޯޅައަށް 75 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ބޭއްވި ޑައިމަންޑް ޖުބްލީ އިންޓަނޭޝަނަލް ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ޕާކިސްތާނު ހޯދައިފި އެވެ.

އެ މުބާރާތުގެ ޗެމްޕިއަންކަން އެ ގައުމުން ހޯދީ ރޭ ކުޅުނު ފައިނަލް މެޗްގައި އަފްޢާނިސްތާނާ ދެކޮޅަށް ކުޅުނުމެޗް ކާމިޔާބުކޮށްގެންނެވެ. ފޯރި ގަދަ ކުޅުމެއް ފެނިގެންދިޔަ މިމެޗް ޕާކިސްތާނުން ކާމިޔާބުުރީ 2-0 ގެ ނަތީޖާއަކުންނެވެ.

މެޗްގައި އެންމެ ފުރަތަމަ ޕާކިސްތާނުން ލީޑް ނަގާފައިވަނީ ފުރަތަމަ ހާފްގެ ކުޅުމުގެ ތެރޭގަ އެވެ. އެ ލަނޑު ކާމިޔާބުކޮށް ދިނީ 24 ވަނަ މިނެޓް ތެރޭގައި ޝަޔާކް ދޯސްތެވެ. ޕާކިސްތާނުން ދެވަނަ ލަނޑު ޖެހީ ފަހު ހާފްގެ މެޗްގެ އިތުރު ވަގުތުގެ ކުޅުމުގެ ތެރޭގައެވެ. އެ ލަނޑު ޖެހި ހާރޫނެވެ.

ހަތަރު ޓީމު ވާދަކުރި މުބާރާތުގެ ތަށި ޕާކިސްތާނުން އުފުލާލި ރު، އެޓީމުން މި މުބާރާތް ކާމިޔާބުކޮށްފައި ވަނީ ކުޅުނު އެއްވެސް މެޗަކުން ބަލިނު ނުވެ. މެޗްގެ މޮޅު ކުޅުންތެރިޔާގެ މަގާމް ޕާކިސްތާނުގެ ފުރަތަމަ ލަނޑު ޖެހި ޝަޔާކް ހޯދިއިރު، އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިއަކީ ފައިނަލް މެޗްގެ ދެވަނަ ގޯލްޖެހި ހާރޫނެވެ. މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ވެސް ގެންދިޔައީ ޕާކިސްތާނުންނެވެ. އެއީ ޖާން މުޙައްމަދެވެ.

މުބާރާތުގެ ޗެމްޕިއަންޓީމަށް ތަށި ހަވާލުކޮށް ދެއްވީ ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު އެވެ.

މި މަހުގެ 1-10 އަށް މާލޭގައި ކުރިއަށް ގެންދިޔަ ޑައިމަންޑް ޖުބިލީ އިންޓަނޭޝަނަލް ފުޓްބޯޅަ މުބާރާތުގައު ވާދަކުރީ ރާއްޖެ އާއި ޕާކިސްތާނާއި ބަންގްލަދޭޝްގެ އިތުރުން އަފްގާނިސްތާނެވެ.