Last Updated: June 11, 22:21
Thursday, June 11, 2026
މުނިފޫހިފިލުވުން

ސްޓާ ޕްލަސްގެ ޝޯއެއް އަނިލް ހޯސްޓް ކުރަނީ

އިންޑިއާގެ މަޝްހޫރު އެކްޓަރު އަނިލް ކަޕޫރް ސްޓާ ޕްލަސްގެ ޝޯއެއް ހޯސްޓް ކުރަން ތައްޔާރުވަމުން އަންނަ ކަމަށް ރިޕޯޓްތައްް ބުނެފި އެވެ.

ބެލެވޭ ގޮތުން އޭނަ ހޯސްޓް ކުރަން ހަމަޖެހިފައި ވަނީ 'އިންޑިއާ ކޭ ޓޮޕް 1 ޕަސެންޓް' ކިޔާ ޝޯއެކެވެ. މި ޝޯގެ ޕްރޮމޯއެއް ސްޓާ ޕްލަސް އިން މިހާރު ދައްކަމުން އަންނަ އިރު، ޝޯ ވަރަށް އަވަހަށް ގެނެސްދޭން ފަށާނެ ކަމަށް ބުންޏެވެ. ނަމަވެސް ޝޯގެ ހޯސްޓާއި މިއާ ބެހޭ އިތުރު އެއްވެސް ތަފުސީލެއް އަދި ހާމައެއް ނުކުރެ އެވެ.

ބެލެވޭ ގޮތުން އަނިލް ހޯސްޓް ކުރާނެ ޝޯ އަކީ ވިޔަފާރީގެ ދާއިރާއާ ގުޅޭ ޝޯއެކެވެ.

އިންޑިއާގެ އެންމެ ބިޒީ އެކްޓަރުންގެ ތެރޭގައި ހިމެނޭ އަނިލް، 69، ޓީވީ ޝޯއެއް ހޯސްޓް ކުރަން ތައްޔާރުވަމުން އަންނަ އިރު، އިންޑިއާގެ މަޝްހޫރު ފިލްމީ ތަރިން ތަފާތު ޓީވީ ޝޯތައް ހޯސްޓްކުރެ އެވެ.

އަނިލް ދެން އެންމެ އަވަހަށް ފެންނާނެ ފިލްމަކީ އަންނަ މަހުގެ 3 ގައި ރިލީޒްކުރާ އާލިއާ ބަޓްގެ އަލްފާ އެވެ. އޭނަގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި ޝާހްރުކް ޚާންގެ 'ކިންގް' އާއި މަޝްހޫރު ތެލެގޫ އެކްޓަރު އެންޓީއާރް ޖޫނިއާގެ 'ޑްރަގަން' ހިމެނެ އެވެ.

އަނިލްގެ އެންމެ ފަހުގެ ފިލްމަކީ މާޗްގައި އެމެޒޯން ޕްރައިމް ވީޑިއޯ އިން ގެނެސްދިން މަގުބޫލު އެކްޝަން ޑްރާމާ 'ސުބޭދާރު' އެވެ.