Last Updated: June 11, 22:21
Thursday, June 11, 2026
ޚަބަރު

ބީއެމްއެލުން ވޯލްޑް ކަޕަށް ޗެލެންޖެއް

މިއަދު ފަށާ މި އަހަރުގެ ފީފާ ވޯލްޑް ކަޕާ ގުޅުވައިގެން ބޭންކް އޮފް މޯލްޑިވްސް ބީއެމްއެލް) އިން ވޯލްޑް ކަޕް މަޖާގެ ނަމުގައި ޗެލެންޖެއް ކުރިއަށް ގެންދަން ނިންމައިފި އެވެ.

މީގައި ހިއްސާވެގެން ފައިސާގެ އިނާމު ހޯދުމުގެ ފުރުސަތު އޮންނާނެ އެވެ. އެގޮތުން ހަފުތާ އަކު 1،000ރ. އަދި ޗެލެންޖްގެ ބޮޑު އިނާމަކަށް ވަނީ 10،000ރ. ހުށަހަޅައިފަ އެވެ.

ގައުމީ ބޭންކުން ބުނީ ވޯލްޑް ކަޕް މަޖާ ޗެލެންޖްގައި ވޯލްޑް ކަޕާ ގުޅޭ ޕޯސްޓްތައް ފޭސްބުކާއި އިންސްޓަގްރާމާއި އެކްސްގައި ހިއްސާ ކުރަމުން ދާނެ ކަމަށެވެ، އެގޮތުން ޗެލެންޖްގައި ބައިވެރި ވާނީ ކޮމެންޓެއްގެ ގޮތުގައި ޖަވާބުތައް #WorldCupMajaa2026 ހޭޝްޓެގްކޮށްގެންނެވެ.

މި އަހަރުގެ ވޯލްޑް ކަޕް ކުރިއަށް ދާނީ މިއަދުން ފެށިގެން އަންނަ މަހުގެ 19 އާ ހަމައަށެވެ. ޖުމްލަ 48 ގައުމަކުން ވާދަކުރާ މުބާރާތް ބާއްވަނީ މެކްސިކޯ، ކެނެޑާ އަދި އެމެރިކާގަ އެވެ.