Last Updated: June 13, 02:24
Saturday, June 13, 2026
ޚަބަރު

ނިޔާވި ފުލުސް މީހާ އަށް މަގާމުގެ ކުރިއެރުން ދީފި

ރަސްމީ ވާޖިބު އަދާކުރަމުން ދަނިކޮށް ނިޔާވި ފުލުސް މީހާ އަށް މަގާމުގެ ކުރިއެރުން ދީފި އެވެ.

މަސްތުވާތަކެއްޗާ ގުޅޭ ކަނޑުމަތީގެ އޮޕަރޭޝަނެއްގައި ރޭގެ ދަންވަރު ވަގުތެއްގައި މޫދަށް ވެއްޓި ނިޔާވެފައ ވަނީ ސީނިއާ ސާޖަންޓް އަޙްމަދު އާސިފެވެ. އޭނަ އަކީ ފުލުހުންގެ ޑްރަގް އެންފޯސްމަންޓްގައި މަސައްކަތް ކުރި ފުލުހެކެވެ.

ފުލުހުންގެ މުއައްސަސާ އިން މިއަދު ބުނީ އާސިފްގެ ނަމޫނާ މަސައްކަތާއި، މަސައްކަތަށް ބެހެއްޓު ފަރުވާތެރިކަމުގެ އަގުވަޒަން ސަބް އިންސްޕެކްޓަރއޮފް ޕޮލިސްގެ ރޭންކް މިއަދު އޭނަ އަށް އަރުވާފައިވާ ކަމަށެވެ.

އާސިފްގެ ވަކިވެދިއުމަކީ ފުލުހުންގެ މުއައްސަސާއަށާއި، އޭނަ ވަފާތެރިކަމާއެކު ޚިދުމަތްކުރިގައުމަށް ލިބުނު ފުން ހިތާމައެއް ކަމަށް ވެސް ފުލުހުން ބުންޏެވެ.

އާސިފްގެ ކުރިއެރުމަކީ، މުޖުތަމައުގެ އަމަންއަމާންކަން ދެމެހެއްޓުމަށާއި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމުގައި އަދާކުރި އިހުލާސްތެރި ދައުރާއި، ކުރި މަތިވެރި ޚިދުމަތުގެ އަގުވަޒަން ކުރުމުގެ ގޮތުން ދިން ޝަރަފެކެވެ. ފުލުހުންގެ ޚިދުމަތުގައި އާސިފް ދެއްކި ނަމޫނާ އާއި، ކޮށް ދިން އަގުހުރި ޚިދުމަތްތަކުގެ ހަނދާންތައް އަބަދު ވެސް އާކުރެވޭނީ ނުހަނު އިހުތިރާމާއެކު ކަމަށް ފުލުހުންގެ މުއައްސަސާ އިން ބުންޏެވެ.