Last Updated: June 11, 22:21
Thursday, June 11, 2026
ޚަބަރު

ހިންނަވަރުގައި ޑްރަގް ވިއްކާ ބަޔަކު ހައްޔަރުކޮށްފި

މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ އަދި އެ ތަކެތި ވިއްކައި ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ ބަޔަކު ޅ. ހިންނަވަރުން ހައްޔަރުކޮށްފި އެވެ.

ހައްޔަރުކޮށްފައި ވަނީ ހިންނަވަރަށް ނިސްބަތްވާ ހަތަރު މީހެކެވެ. އެއީ އެ ރަށު ކަރެޝްމާ، ޢަބްދުލްމަޖީދު ރަޝާދު، 35، އާއި ސަރަހަ، މުޙައްމަދު ސައްޖާދު ޢަލީ، 34، އާއި ދިލްޝާދު އާދަން އަލްމާސް މުހައްމަދު، 24، ގެ އިތުރުން އެ ރަށު ދުވާފަރު / ޢަހުދު އިބްރާހީމް، 34، އެވެ.

އެ ހަތަރު މީހުން ހައްޔަރުކޮށްފައި ވަނީ ކައުންޓަ-ނާކޮޓިކްސް އިންޓެލިޖެންސް އާއި ނައިފަރު ޕޮލިސް ސްޓޭޝަނާއި ހިންނަވަރު ޕޮލިސް ސްޓޭޝަން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މި މަހުގެ 9 ގަ އެވެ.

ފުލުހުން ބުނީ ހަތަރު މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޢަހުދު 15 ދުވަހަށް އަދި އަނެއް ތިން މީހުންގެ ބަންދަށް 12 ދުވަސް ޖަހާފައިވާ ކަމަށެވެ.