އައްޑޫ ސިޓީ ކައުންސިލް އިދާރާ ކޮންސަލްޓޭޝަން ދޭނެ ބަޔަކު ހޯދަން ބީލަމަށް ހުޅުވާލައިފި އެވެ.
ކައުންސިލުން ކުރި އިއުލާނެއްގައި ބުނީ ކައުންސިލް އިދާރާއަށް ބޭނުންވާ އިންސްޓިޓިއުޝަނަލް ޑިވެލޮޕްމެންޓް ކޮންސަލްޓަންސީގެ ހިދުމަތް ފޯރުކޮށް ދޭނެ ބަޔަކު ބޭނުންވާ ކަަމަށެވެ.
އެހެންވެ އެކަމަށް ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ 5 އާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ. ބީލަމުގައި ބައިވެރިވާން ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ މި މަހުގެ 21 އާ ހަމައަށެވެ. ރަޖިސްޓްރީ ވާނީ ކުންފުނި ނުވަތަ ވިޔަފާރީގެ ނަމާއޮ ފޯން ނަންބަރާއި މެއިލް އެޑްރެސް މި މެއިލް އަށް [email protected] ފޮނުވައިގެންނެވެ.
މި ބީލަމާ ގުޅޭ މައުލޫމާތު ސެޝަނެއް މި މަހުގެ 22 ވަނަ ދުވަހުގެ ހެނދުނު 9:30 ގައި ކައުންސިލް އިދާރާގައި އޮންނާނެ އެވެ.