މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް ކުރިމަތިލުމަށް ހުލުވާލައިފި އެވެ.
މީރާގެ ކޮމިޝަނާ ޖެނެރަލްގެ މަގާމު ހުސްވީ ކުރިން އެ މަގާމުގައި ހުންނެވި ހަސަން ޒަރީރު މިމަހުގެ 8 ވަނަ ދުވަހު ފިނޭންސް މިނިސްޓަރު ކަމަށް އައްޔަންކުރެއްވުމާ ގުޅިގެންނެވެ.
ރައީސް އޮފީހުން މިއަދު ކުރި އިއުލާނެއްގައި މީރާގެ ކޮމިޝަނާ ޖެނެރަލްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލާފައިވަނީ މިމަހުގެ 28ވާ އާދިއްތަ ދުވަހުގެ މެންދުރު 12:00ގެ ނިޔަލަށެވެެ.
މި މަގާމަށް ކުރިމަތިލުމަށް އެދޭ ފޯމު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ރިސެޕްޝަނުންނާއި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓުން ލިބޭނެ ގޮތް ވަނީ ހަމަޖައްސާފަ އެވެ.