Last Updated: June 11, 22:21
Thursday, June 11, 2026
ޚަބަރު

އުރީދޫގެ ފުޓްބޯޅަ ފޯރި ކެމްޕޭން ފަށައިފި

އުރީދޫ މޯލްޑިވްސްގެ ޕްރީޕެއިޑް، ޕޯސްޓްޕެއިޑް އަދި ސުޕަނެޓް ހިދުމަތްތައް މެދުވެރިކޮށް، ކަސްޓަމަރުންނަށް ވޯލްޑް ކަޕްގެ ފޯރިގަދަ ތަޖުރިބާއެއް ފޯރުކޮށްދިނުމަށް "ފުޓްބޯޅަ ފޯރި" ގެ ނަމުގައި ހާއްސަ ކެމްޕޭނެއް ފަށައިފި އެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި ފުޓްބޯޅަ ސަޕޯޓަރުން މި ބޮޑު ކުޅިވަރު މުބާރާތަށް ތައްޔާރުވަމުންދާއިރު، މުބާރާތުގެ މެޗުތައް ފަސޭހަކަމާއެކު ބަލައިލުމަށާއި ގޭގެ މުނިފޫހިފިލުވުމުގެ ތަޖުރިބާ އިތުރަށް ފުރިހަމަކުރުމަށް އުރީދޫއިން ވަނީ ގިނަ ލުއިތަކެއް މަގުފަހިކޮށްދީފަ އެވެ.

ފުރިހަމަ ވޯލްޑް ކަޕް ތަޖުރިބާއަކަށް އެމްޓީވީ "Weare26" ޕެކް

އުރީދޫ ފުޓްބޯޅަ "ފުޓްބޯޅަ ފޯރި" ކެމްޕެއިންގެ ދަށުން މި މަހުގެ 10 ވަނަ ދުވަހުން އަންނަ ޖުލައި މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް ޕްރީޕެއިޑް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް 275 ރުފިޔާއަށް ހާއްސަ މީޑިއާނެޓް ޕެކެއް އެކްޓިވޭޓް ކުރެވޭނެ
އެވެ.

މީގެ ތެރޭގައި ހިމެނެނީ

– 3 ޖީބީ ރެގިއުލާ ޑޭޓާ
– ވޯލްޑް ކަޕް ނިމެންދެން ބޭނުންކުރެވޭ މީޑިއާނެޓް ޓީވީ ސަބްސްކްރިޕްޝަން

އުރީދޫ އިން ބުނީ މި ޕެކޭޖުގައި ހިމެނޭ ޑޭޓާ އެއްވެސް ހުރަހެއްނެތި ކޮންމެ އެޕްލިކޭޝަނެއްގައިވެސް ބޭނުންކުރެވޭނެ ކަމަށާއި މީޑިއާނެޓް ސަބްސްކްރިޕްޝަން މެދުވެރިކޮށް ކަސްޓަމަރުންނަށް ކޮންމެ ތަނެއްގައި ހުރެގެންވެސް މުބާރާތުގެ ފޯރިގަދަ މެޗުތައް ބަލައިލެވޭނެ ކަމަށެވެ.

އުރީދޫ އެޕްގެ "ހޮޅުއަށި" މެދުވެރިކޮށް މި ޕެކަށް ސަބްސްކްރައިބް ކުރެވޭއިރު، މި ހިދުމަތަށް ނަގާ ފީ އުރީދޫ ޕޯސްޓްޕެއިޑް ބިލަށް ނުވަތަ ޕްރީޕެއިޑް ބެލެންސުން އުނިކުރެވޭނެ އެވެ.

ހިލޭ ސުޕަނެޓް އަޕްގްރޭޑް

މި ކެމްޕޭނުގެ ދަށުން މި މަހުގެ 10 ވަނަ ދުވަހުން އަންނަ ޖުލައި މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ސުޕަނެޓް އަންލިމިޓެޑް ޕެކޭޖަކަށް ހިލޭ އަޕްގްރޭޑް ކުރެވޭނެ ގޮތަށް އުރީދޫއިން ވަނީ ނިންމާފަ އެވެ.

މި އޮފާ ބޭނުންކުރާ ކަސްޓަމަރުންނަށް ފުރަތަމަ ތިން މަސްދުވަހު، މިހާރު ދައްކާ އަގުގައި މާ ހަލުވި ބްރޯޑްބޭންޑް ސްޕީޑެއް ލިބިގެންދާނެ އެވެ.

ސުޕަނެޓާއެކު 75 އިންޗީގެ ހައިސެންސް ޓީވީއެއް ހޯދުމުގެ ފުރުޞަތު

10 ޖޫން އިން 31 ޖުލައި 2026 ގެ ނިޔަލަށް އާ ސުޕަނެޓް އަންލިމިޓެޑް ކަނެކްޝަނަކަށް އެދޭ ކަސްޓަމަރުންނަށާއި، އަންލިމިޓެޑް ޕެކޭޖަކަށް އަޕްގްރޭޑްކުރާ ކަސްޓަމަރުންނަށް 75 އިންޗީގެ ހައިސެންސް ޓީވީއެއް ހޯދުމުގެ ފުރުޞަތު ލިބިގެންދާނެއެވެ.

ގުރުއަތުން ހޮވޭ ނަސީބުވެރިޔާ އިޢުލާން ކުރާނީ ޕްރޮމޯޝަން މުއްދަތު ހަމަވުމުންނެވެ.

ލުއި ފަސޭހަ އިންސްޓޯލްމަންޓް އުސޫލުން އާ ޓީވީއެއް ގެއަށް

މެޗުތައް ބަލައިލުމުގެ ތަޖުރިބާ އިތުރަށް ފުރިހަމަކުރުމަށްޓަކައި، އުރީދޫން ވަނީ ރެޑްވޭވްއާ ގުޅިގެން، ޝަރުތު ހަމަވާ ސުޕަނެޓް އަންލިމިޓެޑް ކަސްޓަމަރުންނަށް 12 މަސްދުވަހުގެ އިންސްޓޯލްމަންޓް ޕްލޭނެއްގެ ދަށުން ހައިސެންސް ޓީވީ ގަނެވޭނެ އިންތިޒާމު ހަމަޖައްސާފައެވެ.

ކަސްޓަމަރުންނަށް އުރީދޫ އެކްސްޕީރިއަންސް ސެންޓަރުތައް މެދުވެރިކޮށް މި ޚިދުމަތަށް އެދި ހުށަހެޅޭއިރު، ޝަރުޠު ހަމަވޭތޯ ވަގުތުން ބަލައިދެވޭނެއެވެ.

ފާއިތުވި ހަ މަސްދުވަހު ފައިސާ ދެއްކުމުގެ ރަނގަޅު ރެކޯޑެއް އޮތް މިހާރުގެ އަންލިމިޓެޑް ކަސްޓަމަރުންނަށާއި، ޑައިރެކްޓް ޑެބިޓް އެކްޓިވޭޓްކުރާ އާ އަންލިމިޓެޑް ކަސްޓަމަރުންނަށް މި ފުރުޞަތު ލިބޭނެއެވެ. ޝަރުޠު ހަމަވާ ކަސްޓަމަރުންނަށް މާލެ އަދި ހުޅުމާލޭގައި ހުންނަ ރެޑްވޭވްގެ ފިހާރަތަކުން ބޭނުންކުރެވޭނެ ވައުޗަރެއް ލިބޭނެއެވެ.

އުރީދޫން ބުނީ 599 ރުފިޔާއާއި 700 ރުފިޔާއާ ދެމެދުގެ ސުޕަނެޓް ޕްލޭންތައް ގެންގުޅުއްވާ ކަސްޓަމަރުންނަށް 55 އިންޗީގެ ހައިސެންސް ޓީވީ ލިބޭއިރު، 800 ރުފިޔާއިން ފެށިގެން މަތީގެ ޕްލޭންތައް ބޭނުންކުރައްވާ ކަސްޓަމަރުންނަށް ތަފާތު އެކި ސައިޒުތަކުގެ ޓީވީތައް ލިބޭނެ ކަމަށެވެ. އަދި މި އޮފާ ކުރިއަށްދާނީ ސްޓޮކް ހުސްވަންދެން ކަމަށް ވަނީ އުރީދޫން ބުންޏެވެ.

"ފުޓުބޯޅަ ފޯރި" ކެމްޕޭނާއެކު، އުރީދޫ މޯލްޑިވްސްއިން ދަނީ ކަސްޓަމަރުންގެ ޑިޖިޓަލް ދިރިއުޅުމަށް އިތުރު ފުރިހަމަކަމެއް ގެނެސްދީ، ދުނިޔޭގެ އެންމެ ބޮޑު ކުޅިވަރު މުބާރާތުގެ ތަޖުރިބާ އިތުރަށް ފުރިހަމަކޮށްދެމުންނެވެ.

"ފުޓުބޯޅަ ފޯރި" ކެމްޕޭނާއި މީގެ ދަށުން ލިބޭ އޮފާތަކާ ބެހޭ އިތުރު މަޢުލޫމާތު އުރީދޫ އެޕް މެދުވެރިކޮށް ނުވަތަ އުރީދޫ މޯލްޑިވްސްގެ ވެބްސައިޓުން ލިބިގެންދާނެއެވެ.