Last Updated: June 12, 22:51
Friday, June 12, 2026
ކުޅިވަރު

ކެނެޑާގެ ފުރަތަމަ މެޗުގައި ޑޭވިސްއަށް ނުކުޅެވޭނެ

ފީފާ ވޯލްޑް ކަޕްގައި މިރޭ ކެނެޑާއިން ކުޅޭ ފުރަތަމަ މެޗުގައި އެޓީމުގެ އެންމެ މުހިއްމު ކުޅުންތެރިޔާ ކަމަށްވާ، އަލްފަންސޯ ޑޭވިސް އަށް ނުކުޅެވޭނެ ކަމަށް ކެނެޑާގެ ކޯޗު ޖެސީ މާޗް ބުނެފި އެވެ.

މިފަހަރުގެ ވޯލްޑް ކަޕް ބާއްވާ އެއް ގައުމު ކަމަށްވާ ކެނެޑާއިން މުބާރާތުގައި ކުޅޭ ފުރަތަމަ މެޗުގައި މިރޭ ނިކުންނާނީ ބޮސްނިޔާއާ ދެކޮޅަށެވެ.

ޑޭވިސްގެ ފައިގެ ފަލަމަސްގަނޑަށް އަނިޔާވެފައިވަނީ މިދިޔަ މަހު ކުޅުނު ޗެމްޕިއަންސް ލީގުގެ ސެމީފައިނަލްގައި ޕީއެސްޖީއާ ދެކޮޅަށް ބަޔާނުން ކުޅުނު މެޗުގަ އެވެ.

މިރޭ މެޗުގެ ކުރިން ނޫސްވެރިންނާ ވާހަކަދައްކަމުން ކެނެޑާގެ ކޯޗު ބުނީ ޑޭވިސްއަށް ލިބިފައިވާ އަނިޔާއާ ގުޅިގެން އިއްޔެ އެމްއާރްއައިއެއް ހެދި ކަމަށާއި އެގޮތުން އަނިޔާއިން ގާތްގަނޑަކަށް އެކީ ގޮތަކަށް އޭނާ ރަނގަޅުވެފައިވާކަން އޭގެއިން ދައްކާފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި މިހާރަށް ވުރެ ވަރުގަދައަށް ޑޭވިސް ފަރިތަކުރުންތައް ކުރިއަށްގެންދާނެ ކަމަށާއި އުއްމީދަކީ އޭނާ ކުރިއެރުންތަކެއް ހޯދައި ވީ އެންމެ އަވަހަކަށް ދަނޑު މަތިން ޓީމަށް އެހީވެވޭނެ ގޮތެއް ވުން ކަމަށްވެސް ކޯޗު ބުންޏެވެ.

ކެނެޑާ އާއި ބޮސްނިއާގެ އިތުރުން ގްރޫޕް ބީ ގައި ދެން ހިމެނެނީ ސްވިޒަލޭންޑް އާއި ގަތަރެވެ.