ފީފާ ވޯލްޑް ކަޕް ފެށުމުގެ އުފާ ފާހަގަކުރުމުގެ ގޮތުން، އޫރީދޫ މޯލްޑިވްސްއިން އިންތިޒާމުކުރާ ހާއްސަ ކުޑަކުދިންގެ ހަވީރެއް "އޫރީދޫ ފުޓްބޯޅަ ފޯރި" ގެ ނަމުގައި މިއަދު ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބޭއްވުމަށް ނިންމައިފި އެވެ.
މި ހަވީރު ކުރިއަށްދާނީ މާދަމާ، މިއަދު ހަވީރު 4:00 އިން ހަވީރު 6:00 އަށް ހުޅުމާލޭ ސެންޓްރަލް ޕާކުގަ އެވެ.
އުރީދޫން ބުނިގޮތުގައި އީ މުޅި އާއިލާއަށާއި ރައްޓެހިންނަށް ބައިވެރިވެވޭ ގޮތަށް، ފުޓްބޯޅައަށް ހާއްސަކޮށްގެން ތައްޔާރުކޮށްފައިވާ ހަރަކާތެކެވެ. މި ހަވީރުގައި ކުޑަކުދިންނަށް ބައިވެރިވެވޭނެ ތަފާތު ކުޅިވަރުތަކާއި، މަޖާ ހަރަކާތްތަކުގެ އިތުރުން ފުޓްބޯޅަ ތީމްތަކަށް ތައްޔާރުކޮށްފައިވާ ގޭމްތައް ކުރިއަށްދާނެކަމަށް ވެސް ވަނީ ބުންޏެވެ.
އޫރީދޫއިން ވަނީ މި ހަވީރަށް ވީހާވެސް ގިނަ ކުދިން އާއިލާއާއެކު ސެންޓްރަލް ޕާކަށް ޒިޔާރަތްކޮށް، މި ހަރަކާތްތަކުގައި ބައިވެރިވުމަށް ދައުވަތު ދީފައެވެ.