ގައުމީ އެއާލައިން މޯލްޑިވިއަން އަށް ޖޫސް ޕެކެޓް ސަޕްލައިކޮށް ދޭނެ ބަޔަކު ހޯދަން ހުޅުވާލައިފި އެވެ.
އެ އެއާލައިން ހިންގާ ކުންފުނި،އައިލެންޑް އޭވިއޭޝަން ސާވިސެސް (އައިއޭއެސް) އިން ބުނީ އެ އެއާލައިނަށް ޖޫސް ޕެކެޓް ސަޕްލައިކޮށް ސަޕްލައިކޮށް ދޭން ޝައުގުވެރިވާ ފަރާތްތަކަސް އެކްސްޕްރެޝަން އޮފް އިންޓަރެސް (އީއައިއޯ) ހުށަހެޅުމުގެ ފުރުސަތު މިރޭ 11:59 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ.
އައިއޭސް އިން ބުނި ގޮތުގައި މިކަމަށް ހޮވޭ ފަރާތާއެކު ދެ އަހަރުގެ ކޮންޓްރެކްޓެއް ހަދާނެ އެވެ. އަދި ސަޕްލައިކޮށް ދޭން ޖެހެނީ 180 އެމްއެލް އާއި 200އެ އެމްއެލްގެ ޖޫސް ޕެކެޓްތަކެވެ.
އައިއޭސް އިން ބުނި އެކަމަށް އެދި ހުށަހަޅާ ފަރާތްތަކަށް މާކްސް ދޭއިރު 50 ޕަސެންޓް މާކްސް ދޭނީ ޖޫސް ޕެކެޓްތަކުގެ ރަހަ އާއި ޕެކޭޖިން ހިމެނޭ ގޮތަށް ކޮލިޓީއަށް ބަލައިގެންނެވެ. އަދި ހުށަހަޅާ އަގަށް ވެސް 30 ޕަސެންޓް މާކްސް ދޭނެ އެވެ.
އީއައިއޯ ހުށަހަޅަން ޖެހެމީ މި [email protected] މެއިލްއަށެވެ. އަދި މި މެއިލްތަކަށް [email protected] [email protected] ސީސީކުރަން ޖެހޭނެ އެވެ.