ކޮރިއޮގްރާފަރެއްގެ ގޮތުގައި މަޝްހޫރުކަން ހޯދުމަށް ފަހު މިހާރު ފިލްމު ޑައިރެކްޓްރެއްގެ ގޮތުގައި ވެސް މަސައްކަތް ކުރަމުން އަންނަ ބޮލީވުޑްގެ ފަންނާނު ރެމޯ ޑީ ސޫޒާ އާއިލާއާ އެކު ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަދެ އެވެ.
ރެމޯ އާއި އޭނަގެ އަންހެނުން ޕްރޮޑިއުސަރު ލިޒެލް ޑި ސޫޒާ އާއި އެ މީހުންގެ ދެ ދަރިން ޗުއްޓީ ހޭދަކުރަމުން އަންނަ ފުރަވެރި މޯލްޑިވްސްގަ އެވެ.
މިއީ ރެމޯގެ ރާއްޖޭގެ ފުރަތަމަ ދަގުރެވެ. މި ދަތުރުގެ ބައެއް ފޮޓޯތަކާއި ވީޑިއޯތައް އޭނަގެ އިންސްޓަގްރާމްގައި ވެސް ޕޯސްޓްކޮށްފައިވެ އެވެ.
މިހާތަނަށް ބޮލީވުޑްގެ 100 އަށް ވުރެ ގިނަ ފިލްމުގެ ލަވަތަކުގެ ނެށުން ތައްޔާރުކޮށް ދީގެން ގިނަ އެވޯޑްތަކެއް ވެސް ހޯދާފައިވާ ރެމޯ އަކީ ނެޝަނަލް އެވޯޑް ވެސް ހާސިލުކޮށްފައިވާ ފަންނާނެކެވެ. އޭނަ އަށް އެންމެ މޮޅު ކޮރިއޮގްރަފީގެ އެވޯޑް ލިބުނީ ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީގެ 2015 ގެ ފިލްމު 'ބަޖިރާއޯ މަސްތާނީ' ގެ ލަވަ 'ދީވާނީ މަސްތާނީ' ގެ ލަވައިގެ ނެށުން ތައްޔާރުކޮށް ދީގެންނެވެ.
ރެމޯ މިހާތަނަށް 8 ފިލްމު ޑައިރެކްޓްކޮށްފައިވެ އެވެ. އޭގެ ތެރޭގައި 'އޭބީސީޑީ' ގެ ދެ ފިލްމާއި 'ސްޓްރީޓް ޑާންސާ' އަދި 'ރޭސް 3' ހިމެނެ އެވެ. އޭނަގެ އެންމެ ފަހުގެ ޑައިރެކްޝަނަކީ މިދިޔަ އަހަރުގެ 'ބީ ހެޕީ' އެވެ.
އިންޑިއާގެ ވަރަށް ގިނަ ޓީވީ ޗެނަލްތަކެއް ޑާންސް ޝޯތަކެއް ޖަޖްކަން ވެސް ރެމީ މިހާތަނަށްކޮށްފައިވެ އެވެ. އޭގެ ތެރޭގައި 'ޑާންސް އިންޑިއާ ޑާންސް'، 'ޑާންސް ޕްލަސް' އަދި 'ޖަލަކް ދިކްލާ ޖާ' ހިމެނެ އެވެ.