Last Updated: June 12, 22:51
Friday, June 12, 2026
ޚަބަރު

އެމްޑީޕީ ޗެއާޕާސަން އިންތިހާބުގެ ވޯޓުލުން ކުރިއަށް

އެމްޑީޕީގެ ހުސްވެފައިވާ ޗެއާޕާސަންގެ މަގާމަށް ބޭފުޅަކު އިންތިހާބު ކުރުމަށްޓަކައި ބާއްވާ އެތެރޭގެ އިންތިހާބުގެ ވޯޓުލުން ފަށައިފި އެވެ.

ޗެއާޕާސަންގެ މަގާމަށް ވާދަކުރައްވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމެވެ.

އެމްޑީޕީން ނިންމާފައިވަނީ މިރޭ 8:30 އާ ހަމައަށް ވޯޓުލުން ކުރިއަށް ގެންދިއުމަށެވެ.

މި އިންތިހާބުގައި އެމްޑީޕީގެ ދަފްތަރުގައި ހިމެނޭ 50,176 މެންބަރުންނަށް ވޯޓުލުމުގެ ހައްގު ލިބިގެންވެއެވެ.

ރާއްޖޭގެ ހުރިހާ ރަށެއް ހިމެނޭ ގޮތަށް ޖުމްލަ 241 ވޯޓު މަރުކަޒެއްގައި ވޯޓުލުން ކުރިއަށްދާއިރު، ރާއްޖެއިން ބޭރުގައި ވޯޓުލުމުގެ އިންތިޒާމު ހަމަޖައްސާފައިވަނީ ހަމައެކަނި ސްރީ ލަންކާގައެވެ.