Last Updated: June 12, 22:51
Friday, June 12, 2026
ޚަބަރު

މާލޭގެ މަގުތަކުން ފެން ހިންދަން ސިފައިން ނުކުމެއްޖެ

މާލެއަށް ބޯކޮށް ވާރޭވެހި، މަގުތަކުގައި ފެން ހެދިފައިވާއިރު، މަގުތަކުން ފެން ހިންދުމަށް ސިފައިން ހަރަކާތްތެރިވާން ފަށައިފި އެވެ.

އެމްއެންޑީއެފުން ބުނީ ބޯކޮށް ވާރޭވެހި މާލޭގެ މަގުތަކުގައި ފެންބޮޑުވަމުން ދާތީ، ފެން ހިންދުމުގެ މަސައްކަތުގައި އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިޔު ސާވިސް އިން ހަރަކާތްތެރިވަމުންދާ ކަމަށެވެ.

މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް، މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވަނީ ބ. އަތޮޅުން ފެށިގެން ވ. އަތޮޅަށް ރީނދޫ ސަމާލު ނެރެފަ އެވެ.

މި ސަރަހައްދަށް ބޯކޮށް ވާރޭވުހުމާއެކު ގުގުރުން އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ. ރީނދޫ ސަމާލު ނެރެފައިވަނީ މިއަދު ހަވީރު 17:00 އާ ހަމައަށެވެ.