ގައުމުގެ މިސްރާބު މިހާރު ހުރީ ބޭކާރު ހަރަދުތައް އިންތިހާ އަށް އިތުރުވުމާ ގުޅިގެން ބަނގުރޫޓުވުމާ ދިމާއަށް ކަމަށް ބުނެ އިންޑޮނީޝިއާގެ ދަރިވަރުން މިއަދު މުޒާހަރާ ކުރަން ފަށައިފި އެވެ.
ވެރިރަށް ޖަކާޓާގައި ކުރިއަށް ގެންދާ މި މުޒާހަރާތަކުގައި ސަރުކާރުން ބޭކާރުތައް ހަރަދުތައް ވަރަށް ބޮޑަށް އިތުރުވެފައިވާތީ އެކަން ހުއްޓާލައި، ގައުމު ހަމަމަގަށް އަޅުވަން އަންނަނީ ގޮވައިލަމުންނެވެެ. ދަރިވަރުން ވަނީ އޮންޑޮނީޝިއާގެ ސްކޫލްތަކުގައި ކުރިއަށް ގެންދާ ފްރީ މީލް ޕްރޮގްރާމް ވެސް ހުއްޓާލަބް ގޮވަމުންނެވެ.
އެ ޕްރޮގްރާމް ވެސް ކުރިއަށް ގެންދިއުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް މުއާމަލާތްތައް ހިންގާތީ ސްކޫލްތަކުގެ ދަރިވަރުންގެ ސިއްހަތު ނުރައްކަލަަށް ހުށަޙެޅެމުންދާކަން ދަރިވަރުންގެ މުޒާހަރާތަކުގައި ފާހަގަކޮށްފައިވެ އެވެ. އެގޮތުން މި ފަހަކަށް އައިސް ސްކޫލްތަކުގެ ފްރީ މީލް ޕްރޮގްރާމްގެ ތެރެއިން އެކިއެކި ސްކޫލްތަކުގައ ކާނާ ވިހަވެ، އެތަކެއް ދަރިވަރުން ވިހަވެ، ސިއްހީ ގިނަ މައްސަލަތައް ކުރިމަތިވެފައިވާކަން ފާހަގަކޮށްފައިވެ އެވެ.
މީގެ އިތުރުން ދަރިވަރުންގެ މުޒާހަރާތަކުގައި ތެޔޮ އަގު ބޮޑުވެފައިވާތީ އެކަމުގެ ސަބަބުން އާދައިގެ އާއިލާތަކަށް ވަރަށް ބޮޑެތި ދަތިތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށް އަންނަނީ ބުނަމުންނެވެ.
އެހެންވެ ގައުމުގެ ކަންކަން ހަމައަކަށް އަޅުވައި، ގައުމު ބަނގުރޫޓްވުމަކުން ސަލާމަތް ކުރަން ރައީސް ޕްރަބޯވޯ ސުބިއަންޓޯ އަށް ގޮވާލާފައިވެ އެވެ.

ދަރިވަރުން ޖަކާޓާގައި މުޒާހަރާ ކުރަމުން އަންނަ އިރު، މަގުތަކަށް ގިނަ އަދަދެއްގެ ފުލުހުން ނެރެފައިވެ އެވެ. އެގޮތުން ދަރިވަރުންނާއި ފުލުުހުންނާ ދެމެދު ކުރިމަތިލުންތަކެއް ވެސް ހިނގާފައިވެ އެވެ.
ސަރުކާރު ހަމަމަގަށް ގޮވާލައި އިންޑޮނީޝިއާގެ ދަރިވަރުން މިއަދު މުޒާހަރާ އަށް ނުކުންނަ އިރު، މީގެ އަހަރެއްހާ ދުވަސް ކުރިން ވެސް ސަރުކާރާ ދެކޮޅަށް އެ ގައުމުގައި ވަރުގަދަ މުޒާހަރާތަކެއްކޮށްފައިވެ އެވެ.